ސަރުކާރުތަކާއި ވިޔަފާރި ޖަމްއިއްޔާތައް ހިމެނޭހެން އިންޑިއާ އަދި ރަޝިއާއިން ގުޅިގެން ވިޔަފާރި މައުރަޒެއް ބާއްވައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ރަޝިއާ އަދި އިންޑިއާ ގުޅިގެން އިގްތިސާދު ކުރިއެރުވުމަށްޓަކައި ބޭއްވި ބިޒްނަސް ޑަޔަލޮގުގައި ސަރުކާރުތަކުގެ އިދާރާތަކުގެ އިތުރުން ދާއިރާތަކުގެ މާހިރުންވެސް ހާޒިރުވިކަމަށެވެ. މި ފޯރަމްއަކީ މިވަގުތު ބައިނަލްއއަގުވާމީ މައިދާނުގައި އެކި ގައުމުތަކުގެ ދެމެދު ގުޅުން ބަދަހިކުރުމަށާއި ވަރުގަދަކުރުމަށްޓަކައި މަސައްކަތްތަކަށް ފަހިކުރާ އެންމެ މަގުބޫލު އަދި މުހިންމު އެއް ޕްލެޓުފޯމެވެ.
މިއީ އިންޑިއާގެ ބިޒްނަސް އެލައެންސް، ދަ ބިޒްނަސް ކައުންސިލް ފޯ ކޯޕަރޭޝަން ވިތް އިންޑިއާ އަދި ރަޝިއާގެ ސަރުކާރާއި އެ ގައުމުގެ ވިޔަފާރި ޖަމްއިއްޔާއަކުން އިސްނަގައިގެން ރޭވި ފޯރަމެކެވެ. އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއެޅުވާލާފައިވަނީ އިގްތިސާދީ ބާރެއްގެ ގޮތުގައި ފައި ހަރުކުރަމުންދާ އިންޑިއާ އަދި ރަޝިއާގެ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރުމާއިއެކުއެވެ.
ދުނިޔޭގެ އިގްތިސާދަށާއި އެކި ގައުމުތަކުގެ ވިޔަފާރިތަކަށްވެސް ބޮޑެތި ގޮންޖެހުންތައް ހުރިއިރު މި ފޯރަމްގެ ބައިވެރިންގެ މެދުގައި އެފަދަ މައްސަލަތަކަށް ހައްލުތައް ގެނައުމާއިި ގުޅޭގޮތުންވެސް މަޝްަވަރާކޮށްފައިވެއެވެ. އެކި ވަސީލަތްތައް ހޯދުމާއި ލިބިަތުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމާއި މާލީ ބާރުވެރިކަން އިތުރުކުރުމާއި ގައުމުތަކުގެ ދެމެދު ކުރެވޭ މުއާމަލާތްތައް އިތުރުކުރުމުގެ މައްޗަށްވެސް އަލިއެޅުވިފައިވެއެވެ.
ރަޝިއާގެ އިގްތިސާދީ ވުޒާރާގެ އިސްވެރިން މައުލޫމާތު ދޭގޮތުން އިންޑިއާ ދެމެދު ކުރަމުންދާ މުއާމަލާތްތައް ދުވަހަކުން ދުވަހަކު އިތުރުވެ ހަރުދަނާވަމުންދާކަމަށެވެ. އަދި ފުޅާވަމުންދާ ދުވެލިވެސް އެއް ހަމައެއްގައި ހިފެހެއްޓިފައިވާކަމަށް އިޝާރާތްކޮށްފައިވެއެވެ. މި ފޯރަމްގެ ބައިވެރިންގެ ދެމެދުވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 50 އަށްވުރެ ގިނަ ބައްދަލުވުން ބާއްވާފައިވެއެވެ.
ފޯރަމްގެ އަމާޒުތަކުގެ ތެރޭގައި ރަޝިއާގައި އިންޑިއާގެ ވިޔަފާރިތައް ފުޅާކުރުމާއި ބޭސް އުފެއްދުމުގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމުގެ އިތުރުން އިންޑަސްޓްރިއަލް އިތުރު މަސައްކަތްވެސް ހިމެނެއެވެ. އިންޑިއާ އަދި ރަޝިއާއަކީވެސް ޓެކްނޮލޮޖީގެ ދާއިރާގައި ފިޔަޖަހަމުންދާ ދެ ގައުމުކަމަށްވާއިރު އެ ދާއިރާއިންވެސް މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ. މިއީ އެތަކެއް އަހަރެއްގެ މަތިން ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާކަމަށްވާއިރު މަޝްރޫޢުތައް ހިންގިފައިވާ ދާއިރާތަކުގެ ތެރޭގައި އިގްތިސާދާއި ތައުލީމު އަދި ސަގާފަތް ކުރިއެރުވުންވެސް ހިމެނެއެވެ.
އިންޑިއަން ބިޒްނަސް އެލައެންސްގެ ރައީސް ސެމީ ކޯޓްވާނީ ވަނީ ރަޝިއާގައި އިންޑިއާއިން ކުރަމުންދާ ވިޔަފާރީގެ މަސައްކަތްތަކުގެ މުހިންމުކަމާއި ލިބިގެންދާ ފަސޭހަތަކުގެ އިތުރުން ފައިދާތައްވެސް ހިއްސާކުރައްވާފައެވެ. މިއަދު ރަޝިއާ އަދި އިންޑިއާއަކީ ހަމައެކަނި ވިޔަފާރީގެ ބައިވެރިން އެކަނި ނޫންކަމަށާއި ގުޅިގެން އެތަކެއް އުފެއްދުންތަކެއް ވުޖޫދުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

