ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަކުވާ ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން ހުށަހެޅުން މުހިއްމު: އީސީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ކުރަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓާސް ރަޖިސްޓްރީއާއި ގުޅިގެން ޝަކުވާ ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ކަށަވަރުކުރެވޭނެ ލިޔެކިޔުން ހުށަހެޅުން މުހިއްމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި ގުޅޭ މައުލޫމާތު ”ސަންގު“ އަށް ދެއްވަމުން، ވިޝާހު ވިދާޅުވީ، ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކަށް ވަމުންދާ ތައްޔާރީތަކަށް ބަލާއިރު، 2026 ޖަނަވަރީ 12 ވަނަ ދުވަހުގަ، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ. އެގޮތުން، ލިސްޓު އާންމުކުރުމަށްފަހު، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އަދި ސިޔާސީ ޕާޓީތަކަށްވެސް، އީސީއިން އާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވިޝާހު ވިދާޅުވިއެވެ.

ވިޝާހު ވިދާޅުވިގޮތުގައި، ލިސްޓަށް އާންމުން ޝަކުވާ ހުށަހަޅާނީ، އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް، ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ އޮޕްޝަން ނަންގަވައިގެންނެވެ. އަދި، ސިޔާސީ ޕާޓީތަކުން، ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ، އީސީގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދީފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށް ވިޝާހު ވިދާޅުވިއެވެ.

ވިޝާހު ވިދާޅުވީ، ރަޖިސްޓްރީއާއި ގުޅުންހުރި ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާއެއްގެ ސައްހަކަން ކަށަވަރުކުރެވޭނެ ލިޔުމަކާއި އެކީގަ، ޝަކުވާ ހުށަހެޅުން މުހިއްމު ކަމަށެވެ.

ވިޝާހު ވިދާޅުވީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތު 2026 ޖަނަވަރީ 12އިން ފެށިގެން، 10 ދުވަހުގެ މުއްދަތަކަށް ހުޅުވާލައިފާ ކަމަށެވެ.

ވިޝާހު އިތުރަށް ވިދާޅުވީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގަ، ކެންޑިޑޭޓުންގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އިންތިހާބަށް  ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން، ދުރާލާ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތައް ތައްޔާރުވުމުގެ ގޮތުން، 2026 ޖަނަވަރީ 6އިން ފެށިގެން، ޕޯޓަލް ހުޅުވާލައިފައި ކަމަށާއި، މިވަގުތު އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ކޮމިޝަނުގެ މައި ޕޯޓަލްއަށް، އެ ފަރާތެއްގެ ވެރިފައިޑް އީ- ފާސް އެކައުންޓު މެދުވެރިކޮށް ލޮގިންވުމަށްފަހު، ކުރިމަތިލާ އިންތިހާބު ހިޔާރުކުރުމަށްފަހު، ފޯމުގައިވާ މައުލޫމާތު ފުރުމަށްފަހު، ކުށާއި ދަރަނީގެ ރިކޯޑުތައް އަޕްލޯޑް ކުރުމާއިއެކީގަ، ފައިސާ ދެއްކޭނެ ކަމަށް ވިޝާހު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ ފޯމު ކޮމިޝަނަށްސަބްމިޓު ކުރެވޭނީ، އިންތިހާބަށް އިއުލާނުކުރުމާއި އެކީގައި ކަމަށް ވިޝާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: