ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނެބިސް ގަސްތަކެއް ހެއްދި މީހަކު 100 އަހަރަށް ޖަލަށް

ރާއްޖެއިން ކުރިން އަތުލައިގަތް ކެނަބިސް ގަހެއް/ ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކެނެބިސް ގަސްތަކެއް ހައްދައި އަދި މަސްތުވާތަކެތި ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މިއީ 2023 ވަނަ އަހަރުގެ މެއި މަހު ގައި މާލެއިން ކެނެބިސް ގަސްތަކެއް ފުލުހުން އަތުލައިގަތް މައްސަލައެކެވެ.

މައްސަލަ ފެންމަތިވީ މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނިގެންނެވެ.

އޭރު ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހު އެތަނަށް ގޮސް އެއީ އޭނާގެ ގަހެއްކަމަށާއި އަދި އޭނާ ދިރިއުޅޭ އުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައި ވެސް ގަސްތަކެއް ހުންނާނެކަމަށް ފުލުހުންގެ ގާތުގައި ބުނިކަމަށް ދައުލަތުން ކޯޓުގައި ވަނީ ބުނެފައެވެ.

ފުލުހުން ކޯޓުގައި ދީފައިވާ ހެކި ބަހަށް ބަލާއިރުވެސް އޭނާ ގެ ކޮޓަރީގައި ކެނެބިސް ގަސްތަކާއި 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ހުރި ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުލަތުން ވަނީ 4 ދައުވާއެއް އުފުލާފައެވެ.

ޝަރީއަތުގައި އެންމެ ފުރަތަމަ ދިފާއެއްގެ ގޮތުގައި ޔާސިހުގެ ފަރާތުން ބުނެފައި ވަނީ އޭނާ މާލޭގައި އުޅުނު ގެއިން ފެނުނު ކެނެބިސް ގަސްތައް އެއީ އޭނާގެ ގަސްތަކެއްކަމަށް ބުނުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ރާއްޖެއަކީ ކެނެބިސް ގަސް ލިބެން ހުންނަ ގައުމަކަށް ނުވާއިރު އެތަކެތި އޭނާއަށް ލިބުނު ގޮތެއް ނުވަތަ ގެންގުޅުނު ބޭނުމެއް އޭނާއަށް ބުނެދެވިފައެއްނުވެއެވެ. އެހެންކަމުން އެއީ އޭނާ ހެއްދި ތަކެތިކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މައްސަލާގައި ޔާސިހުގެ މައްޗަށް ކުރި ހަތަރު ދައުވާ ވެސް ސާބިތުވާތީ ކޮންމެ ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ކަނޑައެޅި އެވެ. އެހެންވެ، ޖުމްލަ 100 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެހެންނަމަވެސް  އޭނާ ބަންދުގައި ހޭދަކުރި 2 އަހަރާއި ހަތް މަހުގެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 98 އަހަރުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: