2026 ވަނަ އަހަރުގެ ފުރަތަމަ ކްރޫޒްލައިނާއަށް، އިމިގުރޭޝަނުން ކްލިއަރެންސް ދީފި ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ބުނެފިއެވެ.
އިމިގުރޭޝަނުން ބުނެފައި ވަނީ، 2026 ޖަނަވަރީ 12 ވަނަ ދުވަހު، ސީޝެލްއިން ރާއްޖެއަސް ދަތުރުކުރި އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒް ލައިނާ ރާއްޖެ އައިސްފައިވާކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ރި އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒް ލައިނާއިން ފަސިންޖަރުންނާއި، ކްރިއުއިންނާއިއެކު، 970 މީހުންނަށް، އެ އިދާރާއިން ކްލިއަރެންސް ދީފައިވާ ކަމަށެވެ. މި ކްރޫޒްލައިނާއިން ރާއްޖެއަށް އައި 970 މީހުންގެ ތެރެއިން، 479 މީހުންނަކީ ފަސިންޖަރުންކަމަށްވާއިރު، ކްރޫއިންގެ ގޮތުގައި 491 މީހުން ހިމެނޭކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކްރޫޒްލައިނަރުތަކުގެ އަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރު ފާހަގަކޮށްލެވޭ އަދަދަކަށް، ކްރޫޒްލައިންތައް މެދުވެރިކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް އައި ކްރޫޒް ލައިނާތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން، ރާއްޖެއަށް ޒިޔާރަތްކުރި ކްރޫޒްލައިނާގެ އަދަދު 15 އިންސައްތަ، މިދިޔަ އަހަރު އިތުރުވެފައިވެއެވެ.

