ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ ސައިޓް އޭގެ 50 ޕަސެންޓު މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ސައިޓް އޭގެ މަސައްކަތުގެ 50 ޕަސެންޓު ނިމިފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ރަސްމާލެ ސައިޓް އޭގެ 137.5 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެތެރެއިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެއީ ސައިޓު އޭގެ 51.64 އިންސައްތަ މަސައްކަތެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސައިޓް އޭގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްގެން ފެށީ، ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. މަސައްކަތް އަވަސް ކުރުމަށްޓަކައި މި މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރު ބޭނުން ކޮށްގެންނެވެ. މިއީ، 46،000 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭ އުޅަނދެކެވެ. ރަސްމާލޭގައި ދުވާލަކު ދޮޅު ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއެވެ. މިއީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުން ފުޅުގެ ދަށުން ފައްޓަވާފައިވާ މަސައްކަތެވެ. ރަސްމާލެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ސަރުކާރުން މިހާރު ވަނީ، ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމަށް އިޢުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: