ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން 11 އަހަރުގެ ޖަލު ހުކުމެއް

ކްރިމިނަލް ކޯޓް: ފޮޓޯ/ ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު އޮތް މީހަކާއި އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރާ މީހާގެ މައްޗަށް ދައުލަތުން ކުރީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނިކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްބަސްވުމެއް ހެދީ އެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ، ކުށަށް އިއުތިރާފުވުމެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ތުހުމަތު ކުރާ މީހެއްގެ މައްޗަށް އަންނަ ޖަލު އަދަބަށް ލުއިތަކެއް ލިބިގެންދެ އެވެ.

މައްސަލައިގައި ދައުވާ ލިބޭ މީހާގެ މައްޗަށް އިއުތިރާފުގެ އެއްބަސްވުމަކާއި ނުލައި، ކުށް ސާބިތުވި ނަމަ އިއްވާނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: