ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާގެޓަކީ ބޮޑުތަކުރުފާނު މަގުގެ 2ވަނަ ސެގްމެންޓު ރޯދައިގެ ކުރިއަށް ނިންމުން: އެމްޓީސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޓާގެޓަކީ ބޮޑުތަކުރުފާނު މަގުގެ 2ވަނަ ސެގްމެންޓު ރޯދައިގެ ކުރިއަށް ނިންމުން ކަމަށް އެމްޓީސީސީން ބުނެފިއެވެ.

”ސަންގަށް“ މައުލޫމާތު ދެއްވަމުން ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ޝަރުވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެބްރުއަރީ މަހުގެ 15ގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރުވެސް މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޝަރުވަސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ޝީޓްޕައިލް ކުރުމުގެ ބޮޑުބައެއް ކުރިއަށް އޮތް ދުވަސް 3 ދުވަހެއް ތެރޭގައި ނިމެނޭ ކަމަށެވެ. އަދި ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ނިމިފައިވާކަން ޝަރުވަސް ފާހަގަކުރެއްވިއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެކަމަށް އެމްޓީސީީސީން ވަނީ ބުނެފަ އެވެ.

ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: