ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ރައްކާތެރި އަދި އެ ކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލެއް ހޯދަން މަސައްކަތް ކުރަން: އުޝާމް

ވަޒީރުންގެ މަޖިލިސް ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް އުޝާމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ރިޕޯޓުތައް ރިވިއުކުރުމަށް ބޭއްވި ހާއްސަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެ، ކުޑަކުދިންގެ ހައްގުތަައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފި އެވެ.

ބަންޑާރަނައިބުގެ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މި މަހުގެ 12 އަދި 13 ގައި ކުރިއަށްދިޔަ މި ރިވިއު ސެޝަނަކީ އދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްއިން ބޭއްވި ސެޝަނެއް ކަމަށެވެ.

މި ސެޝަންގައި ރިވިއުކޮށްފައި ވަނީ 2021 ވަނަ އަހަރު ރާއްޖެއިން ހުށަހެޅި 6 ވަނަ އަދި 7 ވަނަ ޕީރިއޮޑިކް ރިޕޯޓެވެ.

11 ފެބުރުވަރީ 1991 ގައި ދިވެހިރާއްޖެއިން ބައިވެރިވި މި މުޢާހަދާގެ ދަށުން ހުށަހެޅި މި ރިޕޯޓުގައި ހިމަނާފައި ވަނީ 2016 އިން ފެށިގެން 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކޮށްފައިވާ މުހިންމު މަސައްކަތްތަކެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި، މުއާހަދާ ތަންފީޛުކުރުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ވަނީ ތަފްޞީލީ ޖަވާބުތައް ދީފައިވެ އެވެ.

ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށާއި، ކޮންމެ ކުއްޖަކަށްމެ ކަރާމާތާއި ރައްކާތެރިކަން ލިބިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ރާއްޖޭގެ ޤާނޫނުތަކާއި ސިޔާސަތުތައް ބައްޓަންކުރުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސްކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ކުޑަކުދިންނަށް ރައްކާތެރި އަދި އެ ކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލެއް ހޯދައިދިނުމަށް ކަމަށެވެ.

މި ރިވިއުގައި ރާއްޖެ ތަމްޞީލުކުރި ވަފުދުގައި އުޝާމްގެ އިތުރުން، ހޯމް މިނިސްޓަރ އަލީ އިހުސާން އާއި، ފޮރިން މިނިސްޓްރީ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ، އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޖެނީވާގައި ހުންނަ އދ. ގެ ދާއިމީ މިޝަންގެ އޮފިޝަލުންވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

މި ރިވިއު ސެޝަނަށްފަހު، ރާއްޖެއިން ހުށަހެޅި މަޢުލޫމާތުތަކަށް ބިނާކޮށް، ކުޑަކުދިންގެ ޙައްޤުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮމިޓީން ކުރަންޖެހޭ އިރުޝާދުތަކާއި (ކޮންކްލޫޑިންގ އޮބްސަރވޭޝަންސް) ހުށަހެޅުންތައް (ރިކޮމެންޑޭޝަންސް) ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރާ ޙިއްޞާކުރާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މަޢުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: