ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޓޫ އޮފް އަސް“ ބޭންޑުން ބައިނަލްއަގުވާމީ ފެސްޓިވަލެއްގައި ރާއްޖެ ތަމްސީލުކުރާނެ!

ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ އައިސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫ އޮފް އަސް ބޭންޑުން އިންޑިއާގެ ސަރުކާރުން އިންތިޒާމުކުރާ 11 ވަނަ ބައިނަލްއަގުވާމީ ޑާންސް އެންޑް މިއުޒިކް ފެސްޓިވަލުގައި ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

ރާއްޖެއާއި އަވަށްޓެރި އިންޑިއާގެ ސަގާފަތުގައި ގިނަ އެއްގޮތް ކަންތައްތަކެއް ހުރުމާއިއެކު ފަންނީ މަސައްކަތްތައް ވެފައިވަނީ ދެ ގައުމު ގުޅުވާލުމުގައި މުހިންމު ދައުރެއް އަދާކުރާ މަންސައަކަށެވެ. އެފަދަ މަސައްކަތްތައް މެދުވެރިކޮށް ދެ ގައުމުުގެ ރައްޔިތުންގެ މެދުގައި އަނެކާއަށް ގަދަރާއި އިހުތިރާމް އާލާކުރެވި އެކުވެރިކަން ބަދަހިވެ އެއްބައިވަންތަކަމުގެ އިހުސާސް ގެނުވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ކަލްޗަރަލް ސެންޓަރުން ދެކެއެވެ.

އެ ސެންޓަރުގެ ޑިރެކްޓަރު ވަނީ ދާދި ފަހުން ރާއްޖޭގެ މަގުބޫލު ފިއުޝަން ބޭންޑު ޓޫ އޮފް އަސް އާއި ބައްދަލު ކުރައްވާފައެވެ.

ރާއްޖެއާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ފައިތިލަ ސާބިތުކުރަމުންދާ ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް އިސްވެ ހަރަކާތްތެރިވާ މި ބޭންޑާއި އެ ސެންޓަރުން ބައްދަލުކޮށްފައިވަނީ އިންޑިއާއަށް ފުރުމުގެ ކުރިން މުހިންމު ލިޔެކިއުންތައް ހަވާލުކޮށް ހެޔޮ އެދުންތައް އަރިސްކުރުމަށެވެ.

ޓޫ އޮފް އަސް ބޭންޑުން އިންޑިއާއަށް ފުރުމަށް ކަނޑައެޅިފައިވަނީ އެ ގައުމުގެ ސަރުކާރުން އިންތިޒާމުކުރަމުން އަންނަ ބައިނަލްއަގުވާމީ ޑާންސް އެންޑް މިއުޒިކް ފެސްޓިވަލުގެ 11 ވަނަ ބައިގައި ރާއްޖެ ތަމްސީލުކުރުމަށެވެ.

މި ފެސްޓިވަލަކީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެ މަސައްކަތްތަކެކެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުން ބުނާގޮތުން ޓޫ އޮފް އަސްއަށް މި ފުރުސަތު ލިބުމާއި ހަމައަށް ކޮށްފައިވާ ދަތުރުން އެވެރިން މުއިޒިކީ ފެންވަރާއި އިތުރުވަމުންދާ މަގުބޫލުކަންވެސް ރަމްޒުކޮށްދޭކަމަށެވެ. އަދި މި ފުރުސަތުގެ ސަބަބު އެ ސެންޓަރާއި ދެމެދު އޮތް ގުޅުންވެސް ފެނިގެންދާކަމަށް އިޝާރާތްކޮށްފައިވެއެވެ.

މިއީ ވޭތުވެދިޔަ 15 މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރުން ރާވައިގެން ހިންގި މިފަދަ ހަރަކާތެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި 6 ވަނަ ވަފުދުކަމަށްވާއިރު މިކަމުގެ ސަބަބުން ރާއްޖެއާއި އެ ގައުމުގެ ރައްޔިތުންގެ ދެމެދު ގުޅުން ބަދަހިކޮށްދިނުމަށް ސެންޓަރުން ކުރަމުންދާ މަސައްކަތްތައް ފެނިގެންދާކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ފަރާތުން އެ ސެންޓަރުން ޓޫ އޮފް އަސް އަށް ކުރިއަށް އޮތް ދުވަސްތަކުގައި ކާމިޔާބަށް އެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: