ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫ.އޭ.އީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ނައިބް ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޔޫ.އޭ.އީގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު،ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ 48 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި އެެ ޙަފުލާގައި ޔޫއޭއީ އެމްބަސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއްވެސްވަނީ އަރުވާފައެވެ.

މި ޙަފްލާގައި ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ސަޢީދު އަޙްމަދު އަލް ޝަމްސިގެ އިތުރުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދުވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޙަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަލް އުސްތާޛް މައުމޫން ޢަބުދުލް ޤައްޔޫމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 15 މާރިޗު 1978 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: