ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި ސުވާލުކުރުމަށް ޚާއްސަ ޕްރޮގްރާމެއް!

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލުމަށް ނިންމަވައިފިއެވެ.

އެކަން ހާމަކުރައްވާ މަޖިލީހުގެ އިދާރާއިން ބުނީ އެކަމަށް ހާއްސަ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށާ، އެ ޕްރޮގްރާމް އޮންނާނީ ދައުލަތުގެ މީޑިއާގައިކަމަށެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ “އާސްކް ސްޕީކާ” ނަމުގައެވެ. އެ ޕްރޮގްރާމުގައި ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސް ނަޝީދާ ކުރުމަށް ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ވީޑިއޯ މެދުވެރިކޮށް ނުވަތަ މެސެޖު މެދުވެރިކޮށް ވެސް ސުވާލު ފޮނުވޭނެ އެވެ. އޭގެ އިތުރުން ފޯނު މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށވެސް ނަން ނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ނަމާއި ކުރަން ބޭނުންވާ ސުވާލު އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް މަޖިލީހުން އެދިފައިވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރާއިރު #AskSpeaker ހޭޝްޓެގް ބޭނުން ކުރުމަށް ވެސް މަޖިލީހުން އެދިފައިވެއެވެ. މަޖިލީހުގެ އިދާރާ އާއި ޕީއެސްއެމް ގުޅިގެން ބާއްވާ އެ ޕްރޮގްރާމަކީ އާއްމުކޮށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: