ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ނުފޫޒު އޮތް ކަމަށް ބުނެ، ހައިލަމް އިސްތިޢުފާދެއްވައިފި

ހައިލަމް ހަފްލާއެއްގެ ތެރެއިން: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ތުހުމަތުކުރައްވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

“ސަންގު” އަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައިލަމް އިސްތިއުފާ ދެއްވިކަން ޖޭއެސްސީގެ ފަރާތުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. 

އިލަމް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ، ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ މަޖިލީހަށް ފޮނުވި މައްސަލަ މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ހައިލަމް މަގާމުން ވަކިކުރުމަށް ފެންނަ ކަމަސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ހައިލަމް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލަ ޖޭއެސްސީން ތަހުގީގު ކުރުމަށްފަހުއެވެ. އެގޮތުން ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށް ކޮމިޝަނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.ހައިލަމްވަނީ އޭނާގެ އިސްތިއުފާގެ ސިޓީގައި ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާގެ މައްސަލަ ބަލާފައިވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ބަލަން ފެށުމުން އޭނާ ޖޭއެސްސީއަށް ފޮނުވި ސިޓީގައި ހުރި ކަންކަމަށް ރިއާޔަތް ނުކުރާކަމަށް ވެސް ބުނެފައިވެއެވެ.

 ގާޒީ ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީ އަށް ގަބޫލުކުރެވުނު ކަމަށާއި އެހެންކަމުން އޭނާ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ގާޒީ ހައިލަމް ވަނީ އެއީ ސަމާލުކަން ނުދެއްވައި ފޮނުވުނު މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ. އެ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މާފަށް ވެސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި ގާޒީ ހައިލަމް ސަސްޕެންޑްކުރި އެވެ. ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް އޮތް ދުވަހު އެވެ. އެއީ މިދިޔަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: