ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

A380 ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއާޕޯޓު ތަރައްޤީކުރުމަށް ޔޫއޭއީގެ އެހީ!

މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވުން - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދެވަނަ ފޭސް ތަރައްޤީ ކުރުމުގެ މަޝްރޫއަށް ޔޫ.އޭ.އީގެ އެހީ ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާޙިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ޔޫ.އޭ.އީގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅު މާފަރު އެއާޕޯޓުގެ ދެވަނަ ފޭސްގައި، ބިން ހިއްކުމާއި، ރަންވޭ ދިގުކުރުމާއި ބޮޑެތި ބޯޓު ޖެއްސޭ ފެންވަރަށް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުން ހިމެނޭ ކަމަށެވެ.

މާފަރު އެއާޕޯޓު މިމަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި މާފަރު އެއާޕޯޓުގެ މަޝަރޫއު ކުރިޔަށް ގެންދިއުމަށްޓަކާ ދެ ކުންފުންޏަކާއި ހަވާލު ކުރިއެވެ. އެއާޕޯޓުގެ މަޝްރޫއު ނިންމާފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް ކުންފުނިންނެވެ.

މާފަރު އެއާޕޯޓުގައި އަޅާފައިވަނީ 2.200 މީތަރު ދިގު، އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި އެއާޕޯޓަށް ފަނޑުކޮށްފައިވަނީ ޔޫއޭއީންނެވެ. އަބޫދާބީގެ ފަންޑުގެ 60 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ބޭނުންކޮށް ތަރައްގީކޮށްފައިވާ މި އެއާޕޯޓަކީ ދުނިޔޭގެއެންމެ ބޮޑެތި މަރުކާގެ ބޯޓުތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

އެއާޕޯޓު ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް ފެންވަރަށްކަމަށް ވުމާއިއެކު ވީއައިޕީ ލޯންޖެއްގެ އިތުރުން، އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަން ޖެހޭއިތުރު ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ. އަދި ޕްރައިވެޓު ޖެޓުތައް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވީ ޔޫ.އޭ.އީގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޙަފްލާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޔޫ.އޭ.އީއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވައި، އެގުޅުން ހަރުދަނާކޮށް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. އަދި ދިވެހި ރައްޔިތުންނާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމުގައި އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް ގެ ރޯލް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ޔޫ.އޭ.އީއަށް ގެންނަމުންދާ ތަރައްޤީ އާއި ދާހިލީ ގޮތުންނާއި ބައިނަލްއަޤްވާމީގޮތުން ހޯދާ ކާމިޔާބީތައް ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ދެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: