ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ދިމާވި ހިތި ތަޖުރިބާ ތަކުރާރުވާން ބޭނުމެއް ނޫން، އުންމީދަކީ އެކުގައި އެންމެން ކުރިޔަށް ދިއުން: ރައީސް ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން، ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އަލުން އެނބުރި ގުޅި އެކުގައި މަސައްކަތް ފެށީ ކުރީގައި ދިމާވި ކަންކަން ދޫކޮށް އެކަން ގަބޫލުކޮށްގެންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމެރީގެ ވޯޓުލުން ފެށިގެން ދަނީ ކުރިޔަށެވެ. އަދި ރައީސް ސޯލިހު އިންތިހާބުގައި ވޯޓުލެއްވުމަށް، ވަޑައިގަތުމުން ”ސަންގު“ އިން ކުރި ސުވާލަކަށް ވިދާޅުވީ ބޭނުން ވަނީ އެމްޑީޕީގެ އެތެރޭގައި އެބައިވަންތަކަން ގާއިމުވެ އޮތުމަށް ކަމަށެވެ.

ޕްރައިމެރީގައި ބޮޑުވާދަވެރިކަމެއް އޮތީ، އެގޮތަށް ވަކިވެ ދިޔަ ބޭފުޅުންނާއި އަދި އެހެން މެމްބަރުންނާއިކަން ފާހަގަކުރުމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް، ޕާޓީގެ ރޫހަކީ އެކުވެރިކަމާއެކު ކުރިއަށް ދިއުން ކަމަށެވެ.

އަޅުގަނޑު ހިތުން އެކަން ގަބޫލުކުރައްވާ ބޭފުޅުން ވަޑައިގެން ތިއްބެވީ… އަނެއްކާވެސް އެމްޑީޕީ އާއި އެކީގައި ކުރިއަށް ދާން ބޭނުންވާތީ ބޭފުޅުން އެ ވަޑައިގެން ތިއްބެވީ… އެހެންވީމަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތަސް، އަޅުގަނޑަކަށް ނޭނގެ ނުކުންނާނީ ކޮން ނަތީޖާއެއް ކަމެއް… ވޯޓު ގުނީމަ އިނގޭނީ. ވާދަވެރި ކެމްޕޭނެއް ނިމިގެން އެދިޔައީ. އެހެންވީމަ ނިމުނީމަ އެ ކޮންމެ ބޭފުޅަކު ބަލިވިޔަސް، ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވިޔަސް، އަނެއްކާވެސް އެންމެން އެއްވެގެން ކުރިއަށް ދިއުން އެއީ އަޅުގަނޑުގެ އެދުމަކީ. އަޅުގަނޑުމެން މިތިބީ އޭގެ އަނެއްގޮތް ކުރިމަތިވީމަ ވަރަށް ދެރަ ގޮތެއް ކުރިމަތިވެފައި. އެހެންވީމާ އެހެންނުވާނެ ގޮތަކަށް ޕާޓީގެ ހުރިހާ މެންބަރުންނާ ހާއްސަކޮށް ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އުންމީދު…

ރައީސް ސޯލިހު ވިދަޅުވީ ވަރަށް ވާދަވެރި ކެމްޕެއިނަށްކަށް ފަހު ވޯޓުލީއިރު، ނަތީޖާ އިނގޭނީ ވޯޓު ގުނުމާއި ހަމައަށް ދިއުމުން ކަމާށެވެ. އެހެން ނަމަވެސް ކޮންމެ ކެންޑިޑޭޓަކަށް ނާކާމިޔާބުވީ ނަމަވެސް، މޮޅުވާ ކެންޑިޑޭޓަކަށް އިންތިހާބުގައި ގޮނޑި ހޯދައިދޭން މަސައްކަތް ކުރުމަށް އެދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ސަބަބެއްކަމަށް ރައީސް ސޯލިހު ވިދާޅުވީ މީގެކުރިން ޖެހުނު މައްސަލައިގައި ބައެއް ބޭފުޅުން ޕާޓީން ވަކިވެގެން ދިއުމުން އޭގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހުމެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެފަދަ އުނދަގޫ ހާލަތެއް އަނެއްކާވެސް ދިމާވާން ބޭނުން ނުވާކަމަށެވެ. އަދި އެފަދަ ހިތްދަތި ތަޖުރިބާތަކެއް ތަކުރާރު ނުވާނެ ގޮތަކަށް ޕާޓީގެ ހުރިހާ މެންބަރުންނާއި، ހާއްސަކޮށް ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއްކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: