ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރަށްވެހިންގެ ނާދީއާއެކު އުރީދޫއިން ސެޝަން ތަކެއް ކުރިއަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީއާއެކު މާލެ އަދި ހުޅުމާލޭގައި އުރީދޫއިން ސެޝަން ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓްފޯން ބޭނުން ކުރުމާއި، ޑިޖިޓަލް ޚިދުމަތްތަކާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ ޕްރެކްޓިކަލް އޮންލައިން ޓޫލްސް ހިމެނެއެވެ.

މި އިނީޝިއޭޓިވްގެ ސަބަބުން އުރީދޫއިން އިންކްލޫސިވް ޑިޖިޓަލް ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދީ، ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މުޖުތަމައުގެ އެއްވެސް ބަޔަކު، އަދި ހާއްސަކޮށް އިސްރަށްވެހިން ބާކީ ނުވިޔަ ނުދިނުމެވެ. އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކާއި ސްޕީޑަށް ސެޝަންތައް ބަދަލުކޮށް، މި ޕްރޮގްރާމްގެ ސަބަބުން އުނގެނުމުގެ މާހައުލު ވަރަށް ފުރިހަމައަށް ފަހިކޮށްދެ އެވެ.

އުރީދޫ މޯލްޑިވްސްއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ފައެވެ. މި މަސައްކަތަކީ ޑިޖިޓަލީ އިންކްލޫސިވް ރާއްޖެއެއް ބިނާކުރުމަށާއި ޖީލުތަކުގެ މެދުގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ ބޮޑު މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ.

މިފަދަ ހަރަކާތްތަކުގެ ތެރެއިން އުރީދޫއިން ދަނީ މުޖުތަމައު ބާރުވެރިކުރުވައި، ޑިޖިޓަލް ދުނިޔެއެއްގައި މުޅި އުމުރަށް އުނގެނުމުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: