ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ލާމަރުކަޒީ ނިޒާމަށް ތާއީދު ކުރާ ސަރުކާރެއް ނޫން، ބާރުތައް ދަނީ ޖަމާކުރަމުން: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން ކަމަށާއި، ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ފަހަރަކު ބާރެއްގެ ގޮތުގައި އަނބުރާ މަރުކަޒީ ސަރުކާރަށް ޖަމާކުރަމުންދާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިިއީ އެއްވެސް ހާލެއްގައި ބާރުތައް ދޫކޮށްލައިގެން ވެރިކަން ކުރަން ދަންނަ ސަރުކާރެއް ނޫންކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ސަރުކާރުން ވާހަކަ ދައްކަވަނީ އެ ސަބަބަށްޓަކައިކަމަށް ވިދާޅުވި އެވެ.

އެގޮތުން ގާނޫނުތަކަށް ގެނެސްފައި ހުރި ބާރުތަކުން އަނެއްކާވެސް ބާރުތައް އެއްކުރަމުންދާއިރު، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް އަނެއްކާވެސް ގެނައުމަށްޓަކައި ބުރަ މަސައްކަތެއް މިއަދު ކުރަން ޖެހިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ އެންމެ މުހިންމު ސަބަބަކީ ލާމަރުކަޒީ ނިޒާމު ހިމާޔަތްކޮށް، ރައްކާތެރި ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު ގާނޫނު އޮތްގޮތުން ދައުލަތުގެ ބަޖެޓުން ބޮޑުބައެއް ކައުންސިލްތަކަށް ދޫކޮށްލަންޖެހެއެވެ. އެހެންކަމުން ރަށްރަށުގެ ކަންކަން ނިންމުމުގެ ބާރު ކައުންސިލްތަކަށް އޮތުމަކީ މައި ސަރުކާރުން ކަންބޮޑުވާންޖެހޭކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އެމަނިކުފާނު މިފަހުން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް، ރަށްތަކަށް ލިބިފައިވާ މާލީ ތަނަވަސްކަން ވަރަށް ކައިރިން ފެނިގެން ދިޔައެވެ. އަދި ވިދާޅުވީ މިއީ އެމްޑީޕީގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ބާރުތައް ދޫކޮށްލައިގެން ކަމަށެވެ.

އަދިވެސް ކުރަންވީ ކަމަކީ ބާރުތައް ދޫކޮށްލުން. ބާރުތައް ދޫކޮށްލާ މާލީ ތަނަވަސްކަން ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދަންވީ. އޭރުން ރަށްތަކަށް މިއަށްވުރެ އަވަހަށް ތަރުތީބު އަންނާނީ.

ރަށެއްގެ ހާލަތު އެންމެ ގާތުން އެނގޭނީ އެ ރަށެއްގެ ވެރިންނަށްކަމަށާއި، އެ ފަރާތްތަކުގެ އަތުގައި ބާރު ނެތް ނަމަ ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ނުކުރެވޭނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: