ހުޅުމާލެ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތްކުރުން އަންނަ އާދިއްތަ ކުރިން ހުއްޓާލަން އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަޅުތެރޭގައި އަޅާފައި އޮންނަ އޮޑިދޯނި ފަހަރުގައި ފައިބަރު މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ތިމާވެއްޓާއި ފަޅުތެރޭ ބޭނުންކުރާ މީހުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ އެ މަސައްކަތްކުރުން އެ ކުންފުނިން ވަނީ މަނާކޮށްފައެވެ.
އެޗްޑީސީން ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ އެކަން ކުރުމަށް ކަނޑައަޅާފައިވާ އެހެން ސަރަހައްދަކަށް މަސައްކަރް ބަދަލުކުރުމަށެވެ.
އެޗްޑީސީން ބުނީ އެކަން ނުވާނަމަ މެރިން ޕޮލިސްއާއި އެހެނިހެން ފަރާތްތަކާއި ގުޅިގެން އެކަން ހުއްޓުވާނެ ކަމަށެވެ.

