ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމް ކަށަވަރުކުރައްވައިފިއެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމެރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ވެސް މޭޔަރުކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދުގައި އާދަމް އާޒިމާއި ވާދަކުރެއްވީ، އަލީ އާޒިމެވެ.

އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުގައި، އާދަމް އާޒިމް ވަނީ ޓިކެޓު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އާދަމް އާޒިމްއަށް 1026 ވޯޓު ލިބިފައިވާއިރު އަލީ އާޒިމަށް ލިބިފައި ވަނީ 683 ވޯޓެވެ. އެހެންނަމަވެސް ބާކީ 4 ފޮއްޓެއް އަދި ނުގުނައެވެ.

މޭޔަރުކަމުގެ ޓިކެޓު ހޯދުމަށް ކުރި ކެމްޕެއިނުގައި، އޮތް އެންމެ ބޮޑު ބަހުސަކީ އަސްލު އެމްޑީޕީއާއި ގުޅޭގޮތުންނެވެ. އެގޮތުން އާދަމް އާޒިމަކީ ވަރަށް ފަހުން އެމްޑީޕީއާއި ގުޅުނު މެމްބަރަކަށްވާއިރު، އަލީ އާޒިމަކީ ރިޔާސީ އިންތިހާބުގެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ޕާޓީން ވަކި ކުރި ބޭފުޅެކެވެ.

އެމްޑީޕީގެ ޕްރިމަރީގައި ކައުންސިލް އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. 5 ސިޓީއަކުން 37 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: