ރަމަޟާން މަހަށް ތައްޔާރުވުމަށްް ހުޅުމާލެެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ”ރޯދަ ބާޒާރު ފެސްޓިވަލް“ ގެ ނަމުގައި ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި ފެސްޓިވަލްގައި ސްޓޯލްތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖެނުއަރީ ވާ އާދިއްތަ ދުވަހުންް ފެށިގެން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ.
ސްޓޯލްއަށް އެދި ފޯމު ހުށައެޅުމާއި ގުޅޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓްގައި ހިމެނިފައިވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
”ރޯދަ ބާޒާރު ފެސްޓިވަލު“ ގައި ތަފާތު ދާއިރާތަކުން ޖުމްލަ 80 ސްޓޯލެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއިން ކޮންމެ ސްޓޯލެއްގެ ބޮޑު މިނަކީ 10 ފޫޓު 10 ފޫޓެވެ.
ސްޓޯލްތަކުގެ ތަފްސީލް؛
- މޭވާ، ތަރުކާރީ، ހިކި ކާނާ އަދި ކެއްކުމަށް ބޭނުން ކުރާ ތަކެތި: 20 ސްޓޯލް
- ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު: 24 ސްޓޯލް
- ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު: 10 ސްޓޯލް
- ފުޑް އެންޑް ބެވަރޭޖް: 10 ސްޓޯލް
- ކްލޯތްސް އެންޑް ވެއަރަބަލްސް: 10 ސްޓޯލް
- ހޯމް ކެއަރ އެންޑް ހާރޑްވެއަރ: 8 ސްޓޯލް
- ފާރނީޗަރ އެންޑް އިލެކްޓްރިކަލް އެޕްލަޔަންސެސް: 6 ސްޓޯލް
މި ސްޓޯލްތަކުގެ ކުލީގެ އަގު ކަނޑައަޅާފައިވަނީ 5000 ރުފިޔާއާ 8500 ރުފިޔާއާ ދެމެދުގައި ކަމަށް އެޗްޑީސީއިން ބުނެއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް އެޗްޑީސީން ވަނީ ޚާއްސަ ބާޒާރެއް ކުރިއަށް ގެންގޮސްފަ އެވެ.

