ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަހުގެ ނިޔަލަށް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ފޯރުކޮށްދީ ނިމޭނެ

ހެލްތު މިނިސްޓަރު ނާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިމަހުގެ ނިޔަލަށް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ފޯރުކޮށްދީ ނިމޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ނާޒިމް ވިދާޅުވީ، އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން އެ އަތޮޅެއްގެ ކުދި ރަށްރަށުގައި ހުންނަ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ހާއްސަކޮށް، ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި ތިއްބަވާ ސްޕެޝަލިސްޓް ޑޮކްޓަރުން ކުދި ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ މި ނިޒާމުގެ މުހިންމު ބައެއްކަން ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިއުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައި ގާތުން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމްވެ އޮތުން މުހިންމުކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، މިހާތަނަށް ލޯންޗު ލިބިފައި ނެތް ހަތް އަތޮޅަކަށް ލޯންޗު ހޯދުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އޭގެ ތެރެއިން މިއަދު ވަނީ ގއ. އަތޮޅާއި ގދ. އަތޮޅަށް ބޭނުންވާ ލޯންޗު ފޯރުކޮށްދީފައިަކަމަށާއި ބާކީ އޮތް ހަތަރު އަތޮޅަށް މި ޖެނުއަރީ މަސް ނިމުމުގެ ކުރިން ލޯންޗުތައް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

ނާޒިމް ވިދާޅުވީ މި ލޯންޗުތަކުގެ ސަބަބުން ސިއްހީ ދާއިރާއިން ހިންގާ ”އައުޓްރީޗް“ ޕްރޮގްރާމްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތްތަކުގައި ކުއްލި ފަރުވާއަށް ކުރަންޖެހޭ ދަތުރުތަކަށްވެސް މި ލޯންޗުތައް ބޭނުންކުރެވޭނެކަމަށް ވިދާޅުވި އެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: