ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މީދޫގެ ޕްރޮޖެކްޓުތައް ކުރިޔަށް ނުދާކަމަށް ބުނެ، މުއްތަލިބާއި ސުވާލު ކުރަން އެދިއްޖެ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ މީދޫގައި އަމަލީ މަސައްކަތް ފަށާފައި ހުރި މަޝްރޫއުތައް ހުއްޓި ކުރިޔަށް ނުދާތީ، އޭގެ ސަބަބު އޮޅުންފިލުވުމަށް ހައުސިން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއާއި ސުވާލު ކުރުމަށް ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ހުށަހަޅުއްވައިފި އެވެ.

އަބްދުއްރަހްމާން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ، މީދޫގައި ކުރިޔަށް ގެންދަން ނިންމި ޕްރޮޖެކްޓުތައް ކުރިޔަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން ކަމަށެވެ.

އަބްދުއްރަހަމާން ވަނީ، މަސައްކަތް ކުރިޔަށް ނުދަނީ ކައުންސިލްގެ ފަރާތުން ނުވަތަ މެމްބަރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުލިބޭތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އެފަދަ ހާލަތެއް އޮތް ނަމަ، މެމްބަރުންނާއި ކައުންސިލްގެ ފަރާތުން އެއްބާރުލުން ދިނުމަށް ކުރަންވީ ކޮންކަމެއްތޯ ވެސް ސުވާލުގައި ވެއެވެ.

މިއީ ރައްޔިތުން ކުރިޔަށް ދާން ބޭނުންވާ މަޝްރޫއުތަކަށް ވާތީ، އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ސުވާލާއި ޝަކުވާތައް އޭނާއަށް ލިބޭކަމަށް އަބްދުއްރަހްމާން ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން މައްސަލައިގައި ބުނެފައި ވަނީ ޖުމްލަކޮށް އައްޑުއަށްވެފައިވާ އެއްވެސް ވައުދެއް މި ސަރުކާރުން ފުއްދައިދޭން އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ. އަދި މެނިފެސްޓޯގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ނުކުރެވޭކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: