ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ކައުންސިލަރުން ވަކިކުރުމާއި ނިޒާރުވެސް ދެކޮޅު!

ކުރީގެ މެމްބަރު ނިޒާރު މަޖިލީހުގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ހޮވާ މަޤާމްތަކުގައި ތިބޭ މީހުން ވަކިކުރެވެން ޖެހޭނީވެސް ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު އެފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓަކީ މަޖިލީހުގެ ރުހުމާއި އެކު ކައުންސިލަރުން ވަކިކުރުމުގެ ބާރު އެލްޖީއޭއަށް ދޭން ނިންމުމާއި ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއް ޝެއަރކުރައްވާ ކުރެއްވި ޓްވީޓެކެވެ. ނިޒާރު ވަނީ ޤާނޫނަށް ބަދަލު ގެނެސްގެންވެސް އެ އިސްލާހު ގެންނެވުމަށް އިލްތިމާސްކުރައްވާފައެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންވެސް ވަނީ މި އިސްލާހާއި ދެކޮޅުހައްދަވާފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެކަމަށާ ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެކަމަށެވެ.

https://twitter.com/AleeVoice/status/1202071760515952640

 

މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުުރުން ކުރިޔަށް ގެންސްގޮސްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއިންނެވެ.

އެ ކޮމިޓީން ބިލަށް ހުށަހެޅީ ދެ އިސްލާހެކެވެ. އެއީ ބިލަށް އަމަލު ކުރަން ފަށާނެ ދުވަހަކީ، ބިލް ފާސްވެ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

އަދި ދެ ވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ކައުންސިލްގެ ދައުރަކީ ފަސް އަހަރުކަމަށް ބިލްގައި ވަނީ ހިމަނާފައެވެ.

އެހެން ކަމުން، ގާނޫނު އަސާސީއަށް ގެނައި އާ އިސްލާހާއި އެކު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތައް އިންތިހާބު ކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ ކުރިން އޮންނަ އުސޫލުގެ ދަށުން ނަމަ، ކައުންސިލްގެ ދައުރަކީ 3 އަހަރެވެ.

ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށް ލާމަރުކަޒީ ގާނޫނުގައި ވަނީ ހިމަނާފައެވެ.

އަދި ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައަށް ވާ ފައިސާ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވަނީ، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކަމަށް ބުނެއެވެ.

އިތުރަށް އޭގެ ތެރޭގައި ހިމަނާފައިވަނީ ކައުންސިލްތަކުގެ އިހުތިސޯސްގައި ނުހިމެނޭ ބިމާއި ފަޅު އަދި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި 40 އިންސައްތައަށް ވާ ފައިސާ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖެއްސުމެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުމެވެ.

ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލް ކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލްތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަނޑައެޅުމަށް ވެސް އެ ބިލްގައި އޮތީ ހިމަނާފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމް މިހާރު ހިންގާ ގޮތުން ކައުންސިލްގެ ރައީސާއި ނައިބު ރައީސް އާއި މޭޔަރުން ކަނޑައަޅަނީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއެކު، ކައުންސިލްގެ މޭޔަރުންނާއި ރައީސާއި ނައިބު ރައީސުންވެސް އިންތިޚާބުކުރާނީ ރައްޔިތުންގެ ވޯޓުންނެވެ. މިއީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ތަންފީޒްކުރުމަށް ގެންނަ ބަދަލުތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: