ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ނިކުމެ ވޯޓުފޮށި ފުރާލަންވީ މޫސާ އަލީ ޖަލީލުގެ ނަންފުޅުން: ފަލާޙު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ ރައްޔިތުންގެ ނިކުމެ ވޯޓޮ ފުށިތައް ފުރާލަންވީ މާސާ އަލީ ޖަލީލް މާލެ ސިޓީގެ މޭޔަރު ކަމަށް ގެނައުމަށް  ކަމަށް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޙާބުގެ ކެމްޕޭނަށް މޫސާ އަލީ ޖަލީލުގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަލާހުގެ ވާހަކަފުޅުގައި މޫސާ އަލީ ޖަލީލަކީ ދިވެހިރާއްޖެ މިއަދު މި ދެކެމުންދާ އުފާވެރި މިނިވަންކަން ގެނެސްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ގައުމު އަދާވާތްތެރިންގެ ކިބައިން ސަލާމަތްކޮށްދެއްވި ބަތަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ އިޙްލާސްތެރި، ތެދުވެރި އަދި އަމާނާތްތެރި ބޭފުޅެއްކަން ފާހަގަކުރައްވައި، މޫސާ އަލީ ޖަލީލަކީ ”ކޫރުމެއް އަޅުވާލަން ބިއްލޫރިކޮޅެއް ހާކާލިޔަސް އަޅުވާލަން އުނދަގޫވާ ފަދަ ޝަހުސިއްޔަތެއް“ ކަމަށް ފަލާހު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރުކަން މީގެ ކުރިން އިދިކޮޅު އެމްޑީޕީން ކޮށްފައިވީ ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން ރައްޔިތުން އެ ޕާޓީއަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 2021 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމަށް އިންތިހާބުވުމާއެކު މާލެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މޫސާ އަލީ ޖަލީލަކީވެސް ރައީސް މުއިއްޒު ފަދަ ހިންގުންތެރި ބޭފުޅެއް ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، މޫސާ އަލީ ޖަލީލު މޭޔަރުކަމަށް ނުކުންނަވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކަމަށެވެ. އެމަނިކުފާނަކީ އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ، ވިސްނުންތެރި އަދި ކުޅަދާނަ ބޭފުޅެއް ކަމަށާއި، ކޮންމެ ކަމެއްގައިވެސް ގައުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ފަލާހު އެރުވިއެވެ.

މޫސާ އަލީ ޖަލީލުގެ ހިދުމަތުގެ ރެކޯޑަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، އެމަނިކުފާނަކީ ޒުވާން އުމުރުން ފެށިގެން ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެއްވެސް ދާއިރާއެއްގައި ހިދުމަތް ކުރެއްވިއިރު، ގައުމަށް ނުވަތަ ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ކަމެއް ކުރެއްވި ކަމުގެ އަޑެއް އިވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ފަލާހު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު މާލޭގެ ހުރިހާ ރައްޔިތުން ނިކުމެ މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވައި، ވޯޓުފޮށިތައް ފުރާލުމަށް އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: