ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީގެ އަަދަދު މަދު ކުރަނީ

ޖީހާން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ވާހަކަދައްކަަވަނީ : ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީގެ މެމްބަރުންގެ އަދަދު 14 އިން 8 އަކަށް ބަދަލުކުރާ ގޮތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ޖީހާން، ހުށަހެޅުއްވި އިސްލާހުގައި ކޮމެޓީ އެކުލެވިގެންވާންޖެހެނީ 8 މެމްބަރުންގެ މައްޗަށެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ފާއިތުވި ތިން އަހަރުގައި ވެސް މި ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައިނުވާ ކަމަށާ އެ ކޮމެޓީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ކޮންމެހެން ލަފާ އަރުވާ ފަރާތްތަކާއި މަސްލަހަތު ފުށުއަރާ މުއައްސަސާތައް އެ ކޮމެޓީގައި ހިމެނޭކަމަށް ޖީހާން ވިދާޅުވިއެވެ. އަދި ކޮމެޓީގެ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ކޮމެޓީގެ ބައްދަލުވުންތައް ބޭއްވިފައިނުވާ ކަމަށާ، އެ ބިލުގެ މަގްސަދަކީ އެ ކޮމެޓީގެ ހިންގުން ހަރުދަނާ ކުރުން ކަމަށް ޖީހާން ވިދާޅުވިއެވެ.

މިހާރު އެ ކޮމިޓީ އެކުލެވޭ ގޮތަށް ބަލާއިރު، ހިއުމަން ޓްރެފިކިންގ ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމުގެ ޒިންމާ ހަވާލުވެފައިވާ މިނިސްޓްރީއިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފާއި، އެޓާރނީ ޖެނެރަލް އޮފީހުން ކަނޑައަޅާ އެ އޮފީހަށް ނިސްބަތްވާ ގާނޫނީ ވަކީލަކާއި، އިމިގްރޭޝަން ކޮންޓްރޯލަރ ކަނޑައަޅާ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މުވައްޒަފެއްގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސެސް އިން ކަނޑައަޅާ އެ ސަރވިސްގެ އޮފިސަރަކާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފަކާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް، އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކުން ހުށަހަޅާ އެ ޖަމިއްޔާގެ މެމްބަރެއްގެ އިތުރުން ސޯޝަލް ސަރވިސަސް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކު ހިމެނެއެވެ.

ޖީހާންހުށަހެޅުއްވި އިސްލާހުގައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކު މި ލިސްޓަށް އިތުރު ކުރުމެވެ.

އެ އިސްލާހުގެ ހުށަހެޅި ޓްރެފިކް ކުރެވޭ ގިނަ މީހުންނަކީ އަންހެނުން ކަމަށްވުމާއި އެކު ޑޮމެސްޓިކް މަސައްކަތަށް ގެންނަ އަންހެނުން އޭގެ ތެރޭގައި  ހިމެނުންކަމަށް ޖީހާން ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކުދިންވެސް ޓްރެފިކް ކުރެވޭ ކަމަށް ޝައްކު އުފެދިފައިވާތީ އެ މައްސަލަތައް ބަލަމުންގެންދާއިރު އެ ކަންކަން ވިލަރެސް ކުރުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސެސްގެ ދައުރެއް އޮންނަން ޖެހޭ ކަމަށް ޖީހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: