ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިން ވިޔަފާރި ރަޖިސްޓްރީ ކުރަން މިއަދު ފެށިގެން 30 ދުވަސް!

ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ކުރިން އޮންނަ ގޮތުން، ވިޔަފާރިކުރާ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކުރުމެއް ނެތި، އާމްދަނީ ހޯދުމަށް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ ކަންކަމުގެ ތެރެއިން ރަޖިސްޓްރީ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އޮންލައިންކޮށް ވިޔަފާރިކުރުމެއް ނުހިމެނެ އެވެ. ކުރިން ގާނޫނުގައި އޮންނަނީ ތަނެއް ހުޅުވައިގެން ޚިދުމަތް ދޭ ނަމަ ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިި، ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ކުރާ ވިޔަފާރި ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އިލެކްޓްރޯނިކް ޒަރީއާ އިން ވިޔަފާރިކުރުން ކަމަށް ބަލަނީ އިލެކްޓްރޯނިކް ނުވަތަ މެގްނެޓިކް ނުވަތަ އޮޕްޓިކަލް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތް ހިމެނޭ ގޮތުންނެވެ.

މީގެ އިތުރުން ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލައި، ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުމާއި އެކަމަށް ޚާއްސަ ފީއެއް ނެގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިދޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި ވިޔަފާރިތަކަށް ނުދެވޭނެ ނަންތަކާއި ނަންތައް ބޭނުން ކުރުމުގެ ހަމަތައް ކަނޑައެޅުމުގެ އުސޫލުތައް ވެސް ބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: