ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާ ދުވެއްޔާއި އެއްވަރަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް: ނައިބުރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސަންގު ޓީވީގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މި ޤައުމަށް ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ބާރު ދުވެއްޔާއި އެއްވަރަށް މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށް ނައިބުރައީސް ޙުސައިން މުޙަންމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބުރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މާލެއަށް ކޮށްދޭން ބޭނުންފުޅުވެލައްވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، މިހާރުވެސް އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އެހެންކަމުން އެ ކަންކަން ކުރުމަށް ބޭނުންފުޅުވަނީ ރައީސާ އެއް ސަފެއްގައި، އެއް ރޫހެއްގައި މަސައްކަތް ކުރައްވާނެ ޤާބިލް، ކެރޭ އަދި އެއްވެސް ޖެހިލުމެއް ނެތި ޚިދުމަތް ކުރައްވާނެ ޤައުމުދެކެ ލޯބިވާ ވެރިއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޫސާ އަލީ ޖަލީލަކީ އެފަދަ ޤާބިލު ބޭފުޅެއްކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ،

 ”އެބޭފުޅާގެ ތާރީޚުގައި ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް“

ހަމައެހެންމެ ކައުންސިލްތަކަށް މިއަދު ބޭނުންވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރާނެ އަދި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގައި ކުލަޖައްސާނެ ފަދަ ވެރިންތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސިޓީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ނައިބުރައީސް ވިދާޅުވީ މާލެއަކީ ކާރޫބާރޫ ބޮޑު ތަނަކަށް ވީނަމަވެސް، މިއީ ރައްޔިތުންނަށް އަމާންކަމާއި ޞުލްހަ މަސަލަސްކަމާއެކީ އުޅެވޭނެ ފަސްގަނޑަކަށް ހަދަންޖެހޭ ކަމަށެވެ.

މިކަން ކުރުމަށްޓަކައި ސަރުކާރުން ރާއްވަވާ ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ބޮޑު އެހީތެރިއަކަށް ވެދެވޭނީ ސީދާގޮތުން ރައްޔިތުންނާއި ގުޅިފައިވާ މާލޭ ސިޓީގެ މޭޔަރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގެ މަގުތައް އަމާންކުރުމާއި ޕާކިން މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަޝްވަރާތަކުގައި މާލޭ ސިޓީ ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒަކީ މާލޭގެ މޭޔަރުކަން ތަޖުރިބާ ކުރައްވާފައިވާ ބޭފުޅަކަށް ވުމާއެކު، މާލޭގެ ރައްޔިތުންގެ ހާލަތު ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތުގައި މޫސާ އަލީ ޖަލީލަކީ ރައްޔިތުންނަށްޓަކައި ވަގުތު ހުސްކުރައްވައިގެން މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ވިދާޅުވެ ނައިބުރައީސް ވާހަކަފުޅު ނިންމަވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: