ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މާލެ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަކީ ތާރީޙީ ރެކޯޑެއް : މޫސާ އަލީ ޖަލީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާއި ގާތުން ސިލްސިލާގޮތެއްގައި މާލެ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަކީ ތާރީޙީ ރެކޯޑެއް ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

މޫސާ އަލީ ޖަލީލު މިހެން ވިދާޅުވީ މާލެ ސިޓީ މޭޔަރ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު އަކީ އޯގާތެރި ވެރިއެއްގެ ލާމަސީލު ނަނޫނާއެއް ކަމުގައި މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

ޖަލީލުވަނީ މޭޔަރުކަމުގައި މާލޭގެ ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާއި އެމަނިކުފާނު މަސައްކަތްކުރެއްވި ގޮތް ޙުލާސާ ގޮތެއްގައި ވިދާޅުވެދެއްވައި މޭޔަރުގެ ހައިސިއްޔަތުން ރައީސް ކުރެއްވި މުޙިންމު ޙިދުމަތްތަކަށް ތަޢުރީފުކުރައްވާފައެވެ. މިގޮތުން ތާރީޙީ ފަތްފުއްތަކުން ބަލާއިރު މާލެ ސިޓީގެ ކަންކަން ބެލެހެއްޓުމަށް އެކި ދުވަސްވަރު ބަދަލުވަމުން އައިސް މާލެ ސިޓީގެ މޭޔަރު ހޮވައިގެން ސިޓީ ކައުންސިލް ހިންގަން ފެށުނީ 2011 ހިސާބުގައި ކަމަށް ވިދާޅުވިއެވެ. އެހެނަސް ރައްޔިތުން ބޭނުންވާފަދަ ޙިދުމަތްތަކެއް ކޮށްދެވިފައި ނުވާކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ. ރައްޔިތުން އެދޭ އަމާޒަށް މާލެ ސިޓީ ކައުންސިލް ހިގަންފެށީ 2021 ވަނަ އަހަރުން ފެށިގެން މާލެ ސިޓީ މޭޔަރުކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން ފަހުން ކަމަށް ވިދާޅުވިއެވެ. މިގޮތުން ރައީސް ޑރ. މުއިއްޒުވަނީ 2 އަހަރާއި 5 މަހު މާލެ ސިިޓީގައި އެތަކެއް ޒަމާނެއް ވަންދެން ޙައްލު ނުވެހުރި ކަމެއް ޙައްލުކޮށް ދެއްވާފަކަމަށް ވިދާޅުވިއެވެ. މިގޮތުން މާލެ ސިޓީއަށް އުފާވެރިކަމާއި ދިރުން ގެނެސްދެއްވި ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް ކޮށްދެއްވި އަގުހުރި މަސަތްކަތްތަށް ފާހަގަކުރައްވާ ޖަލީލު ވިދާޅުވީ އޭނާ މާލެ ސިޓީ މޭޔަރުގެ މަޤާމަށް އިންތިހާބުވެވަޑައިގަތުމުގެ މަސައްކަތްޕުޅަށް ނިކުމެވަޑައިގަތީ ރައީސް ހިންގެވި މަގުން ހިންގެވުމުގެ އަޒުމުގައި ރައީސްގެ ހިދުމަތަކީ ނަމޫނާއެއް ކަމުގައި ބައްލަވަމުން ކަމަށެވެ.

ދިވެހިރާއްޖޭގެ ވެރިރަށުގެ ކަންކަން ބަލަހައްޓަން މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވެރިކަންކުރާ ޕާޓީ އަދި ރާއްޖޭގެ އެންމެ ބިޔަ ސިޔާސީ ޕާޓީއިން އިޙްތިޔާރުކުރައްވާ ކެނޑިޑޭޓަކަށް އެމަނިކުފާނުގެ ނަން ހުށައެޅުމަކީ އެމަނިކުފާނުގެ ހަޔާތުގައި މިހާތަނަށް ލިބިލެއްވި އެންމެ ބޮޑު އެއް ޝަރަފުކަމުގައި މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

މިގޮތުން މިފަދަ ޤައުމީ އަގުހުރި ޙިދުމަތެއް އެމަނިކުފާނާއި މަތިކުރެއްވީތީވެ ޕާޓީގެ ލީޑަރ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ހަމަ އެހެންމެ އެމަނިކުފާނަށް ކުރެއްވި އިތުބާރު އަބަދުވެސް ދަމަހައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ހޮވިވަޑައިގެންފިނަމަ ޕާޓީ ފަޙުރުވެރިވާނެފަދަ އަދި ދިވެހިރައްޔިތުންނަށް މުހިއްމު ޙިދުމަތްތަކެއް ކޮށްދެއްވުމަކީ އެމަނިކުފާނުގެ އެންމެ ވަރުގަދަ އަޒުމް ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: