އޭގެ އިތުރުން ފާމަސީތަކުން ބޭސް ނަގާއިރު ބައެއް ކަންކަމަކީ އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށް ވާތީ އަމިއްލަ ޒިންމާ ނެގުމަށް އެމްއެފްޑީއޭ ވަނީ އެދިފައެވެ. އޭގެ ތެރޭގައި؛

– ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރުކުރުމަށްޓަކައި ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން

– ބޭސް ދޫކުރަނީ ހުއްދަ އޮތް މީހެއްކަން ކަށަވަރުކުރަން އެމްއެފްޑީއޭއިން ދޫކޮށްފައިވާ ފާމަސިސްޓު އައިޑީކާޑު އަޅާފައިވޭތޯ ބެލުން

– މުއްދަތު ހަމަނުވާ ބޭސް ނެގިތޯ ކަށަވަރުކުރަން ބޭހުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުން

– ބޭސް ބޭނުންކުރަން ވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައި ސާފުކޮށް ލިޔެފައިވޭތޯ ބެލުން

– ބޭސް ޕެކްކޮށްފައި ހުރީ ރަނގަޅަށްތޯ ބެލުން

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެމްއެފްޑީއޭގެ ހޮޓްލައިން 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.