ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ ޓެކްސް ނެގުމާއި ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފަށާގޮތަށް ހަމަޖައްސާ، އާމްދަނީ ޓެކްސް ނެގުމާއި ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލް ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ގެނައި އިސްލާހުތަކާއެކުގައެވެ. އެ މިބިލް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓާއިއެކުގައެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވި 3 މެމްބަރަކު ތިއްބެވިއެވެ.

އެ ބިލްގައިވާގޮތުން، ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެހެންނަމަވެސް އާމްދަނީން ޓެކްސް ނަގާނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

 ފަރުދުންގެ އާމްދަނީގެ ޓެކްސް ނެގުމުގެ ބިލްގައިވަނީ، މަހަކު 60،000ރ މަތީގެ އާމްދަނީއެއް ލިބޭ ކޮންމެ ފަރުދެއްގެ އަތުންވެސް ޓެކްސް ނެގުމަށް ކަނޑައަޅާފައެވެ.

މީގެ ކުރިން، 40،000ރ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ނިންމި ނަމަވެސް  ފަހުން އެ އަދަދު ވަނީ 60،000ރ އަށް މަތިކޮށްފަ އެވެ. އަދި ޓެކްސް ނެގޭ ޕަސެންޓޭޖްތައް މަތިކޮށް، ގިންތިތަކަށް ބަދަލުތަކެއް ވެސް ވަނީ ގެނައެވެ.

އެގޮތުން 60،000ރ އިން ދަށުގެ އާމްދަނީ އިން 0 %، 60،000ރ އާއި 100،000ރ އާދެމެދުގެ އާމްދަނީ އިން % 5.5 ، 100،000ރ އާއި 150،000ރ އާދެމެދުގެ އާމްދަނީ އިން 8% އަދި 150،000ރ އާއި 200،000ރ އާދެމެދު އާމްދަނީ އިން12%، 200،000ރ އިން މަތީގެ އާމްދަނީ އިން 15 % ޓެކްސް ނެގުމަށް ނިންމާފައިވެއެވެ. އާމްދަނީން ޓެކްސް ނެގުމަށްޓަކައި 10 ވައްތަރެއްގެ އާމްދަނީ އެއް ބިލްގައި ވަނީ ހިމަނާފަ އެވެ.

2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި، އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. ނަމަވެސް، ޓެކްސް ނެގޭ އާމްދަނީގެ އަދަދު މަތިކުރަން ނިންމުމާއި ގުޅިގެން އެއަދަދަށް ބަދަލުއަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: