ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާއާއި ރާއްޖެއާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ. މީގެ އިތުރުން، ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުންވެސް ހިމެނެ އެވެ.

އިންޑޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދާއި، ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނަވަނީ — ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމުގެ އެއްބަސްވުން ބަދަލުކޮށްފައިވަނީ ރާއްޖޭގެ ފަރާތުން ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާގެ ފަރާތުން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެވެ. އޭގެއިތުރުން ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުން ރާއްޖެގެ ފަރާތުން ބަދަލުކުރެއްވީ ބީއެމްއެލްގެ ސީއީއޯ އެވެ.

އޭގެއިތުރުން އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދާއި، ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނަވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މެދުވެރިކޮށް މި ބޭއްވުނު ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވޭ ފުރަތަމަ ރަސްމިއްޔާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: