ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭވާލާ ނިޒާމުގެ ބަލިތައްވެސް އިތުރު: އެޗްޕީއޭ

ކޮވިޑާއި ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް: ފޮޓޯ- ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގެ ސިއްހީ ހާލަތުގެ މައްޗަށް އަލިއަޅުވައި އާންމުކުރި ބަޔާނެއްގައި އެޗްޕީއޭއިންވަނީ ރާއްޖޭގައި އެކި ހިސާބުތަކުގައި ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާކަމަށްވެސް ސަމާލުކަން ގެނެސްފައިވެއެވެ.

އަރިދަފުސް ރޯގާގެ އަލާމަތްތައް ހުރިނަމަ އެއްވެއުޅޭ ތަންތަނަށް ނުކުންނައިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާ ގޮތަށް މާސްކް އެޅުމަށް އަންގާފައިވެއެވެ. ސައިބޯނި ލައިގެން އޮތް ދޮވުން ނުވަތަ ސެނެޓައިޒް ކުރުމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދިން އިރު އެ އެޖެންސީންވަނީ ބަލި މީހުންނާއި ކުޑަކުދިންގެ ގާތަށް ނުދިއުމަށްވެސް އެދިފައެވެ.

އެޗްޕީއޭއިންވަނީ ރޯގާގެ އަލާމާތްތައް ރަނގަޅުވަންދެން ސްކޫލް/ވަޒީފާއަށް އަދި ގިނަ މީހުން އެއްވާ ތަންތަނަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއުން، އަދި ކޮންމެހެން ދާން ޖެހިއްޖެނަމަ މާސްކް އެޅުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: