ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކަނޑުގެ ސަލާމަތާއި  އިންޑި އާއި ރާއްޖޭގެ މަސްލަހަތު ވަނީ ގުޅިފައި: ރައީސް

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ކަނޑުގެ ސަލާމަތާއި  އިންޑި އާއި ރާއްޖޭގެ މަސްލަހަތު ވަނީ ގުޅިފައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި މެދު 4 އެއްބަސްވުމެއްގައޮ ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ،  އިންޑިއާ އިން މިއަދު ހަދިޔާ ކުރި ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ލިބުނު ބޮޑު އެހީއެއް ކަމަށެވެ. މަސް ފެކްޓްރީތަކަކީ މަހުގެ ހަމައަގު މަސްވެރިންނަށް ދިނުމަށާއި ވަޒީފާތަކެއް އުފެއްދުމަށް ލިބުނު ރަނގަޅު އެހީއެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެއާއެކު ގޭބިސީތަކުގެ އާންމުދަނީ އަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ފާއިތުވެދިޔަ އަހަރަކީ ރާއްޖޭގެ ޑިމޮކްރެސީ އާއި ތަރައްޤީގައި ތާރީޚީ އަހަރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީވަނީ ވިދާޅުވެފައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ފާއިތުވެދިޔަ އަހަރަކީ އިންޑިއާ-ރާއްޖޭގެ ގުޅުންވެސް އިތުރަށް ބަދަހިވެގެން ދިޔަ އަހަރެއް ކަމަށް ވިދާޅުވެފައެވެ. މިހާރު ދެ ޤައުމުގެ ދޭދޭ ރައްޔިތުންގެ ގުޅުންވެސް އިތުރަށް ވަރުގަދަވެފައިވާ ކަމަށާއި ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދުވެސް ދެގުނައަށް އިތުރުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކޮށްފަވާއިރު، އެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ. މީގެ އިތުރުން، ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުންވެސް ހިމެނެ އެވެ.

އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމުގެ އެއްބަސްވުން ބަދަލުކޮށްފައިވަނީ ރާއްޖޭގެ ފަރާތުން ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާގެ ފަރާތުން އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެވެ. އޭގެއިތުރުން ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުން ރާއްޖެގެ ފަރާތުން ބަދަލުކުރެއްވީ ބީއެމްއެލްގެ ސީއީއޯ އެވެ.

އޭގެއިތުރުން އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދާއި، ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެވެ.

ވީޑިއޯ ކޮންފަރެންސްކޮށް މެދުވެރިކޮށް މި ބޭއްވުނު ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: