ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީކް ސީޒަނަށް ތައްޔާރުވުމަށް އެކި ރަށްރަށަށް ޖަނަރޭޓަރު ސެޓުތައް ސްޓެލްކޯއިން ގެންދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީކް ސީޒަނަށް ތައްޔާރުވުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.

ދާދިފަހުންވެސް ވަނީ ކަރަންޓު ކެނޑުމުގެ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން ބ. ކެންދޫގައި 24 ގަޑއިރުގެ ތެރޭގައި 30 އަށްވުރެ ގިނަ ފަހަރަށް ކަރަންޓު ކެނޑިފައެވެ. އަދި އެކި ރަށްރަށުގައި މިފަދަ މައްސަލަތައް ދަނީ ދިމާވަމުންނެވެ. ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށް ވުމާއިއެކު ކަރަންޓު ބޭނުންކުރާ މިންވަރުވެސް އިތުރުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: