ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އޮފިސަރުންނަކީ ކޯޓުގެ މޫނުމަތި: ހިސާން

ކޯޓް އޮފިސަރުން ތަމްރީންކޮށް ނިމުމުގެ ރަސްމިއްޔާތުގައި ހިސާން ވާހަކަދައްކަވަނީޅ ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓު އޮފިސަރުންނަކީ ކޯޓުގެ މޫނުމަތިކަމަށާ، އެ ފަރާތްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވާން ޖެހޭ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން އެފަދައިން ވިދާޅުީ ކޯޓު އޮފިސަރުން ތަމްރީންކޮށް ނިމުމުގެ ތަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ޖުޑީޝަރީއަކީ މިނިވަން އިންސާފުވެރިތަނަކަށް ހެދޭނީ ޤާބިލް ތަމްރީން ލިބިފައި ތިބި މުވައްޒަފުން ތިބެގެން ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ކޯޓު އޮފިސަރުންނަކީ ކޯޓުގެ މޫނުމަތިކަމަށާ، ކޯޓުތަކަކީ އިންސާފު ޤާއިމްކުރާތަން ކަމަށް ހިސާން ވިދާޅުވިއެވެ. އިންސާފް ލިބުނުކަމަށް ޤަބޫލުކުރެވެނީ އިންސާފު ޤާއިމްކޮށް، އިންސާފު ލިބުނުތަން ފެނުމުންކަމަށް ހިސާން ވިދާޅުވިއެވެ.

ކޯޓު އޮފިސަރުންނަކީ މައްސަލައިގެ ހަސްމުންނާއި އެންމެ ގާތުން ވާހަކަދައްކާ ފަރާތްތައްކަން ހިސާން ފާހަގަކުރެއވްިއެވެ. އެފަދަ ފަރާތްތަކާއި ވާހަކަދައްކާއިރު ރީތިކޮށް ވާހަކަދައްކަން ޖެހޭ ކަމަށާ، ބޭ އަދަބީކޮށް ވާހަކަދައްކައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ދުވަހު މައްސަލައިގެ ހަސްމާއި ކޯޓު އޮފިސަރުން ވާހަކަދައްކާ ގޮތަކީ އޭނާ ޝަރުޢީ ދާއިރާއަށް ކުރާ އިތުބާރާއިވެސް ގުޅިފައިއޮތް ކަމެއްކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާންވަނީ ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަނގަޅު ތަމްރީން ލިބެން ޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެކަން ނުކޮށް ވަށާޖެހޭ ޚިދުމަތެއް އާންމުންނަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: