ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކައުންސިލުން ތިބި ރަށްރަށުގައި އެތައް މަޝްރޫއެއް އޮތީ ހުއްޓުވާފައި: ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކައުންސިލުން ތިބި ރަށްރަށުގައި އެތައް މަޝްރޫއުތައް ވެސް ހުއްޓުވާފައި ތިބިކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރަހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިންއަށް ޕީއެންސީން ވިލިމާލޭގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ޕީއެންސީއަކީ މިހާރު މި ރާއްޖޭގައި އޮތް އެންމެ ޒުވާން އަދި އެންމެ ގިނަ އަދެއްގެ މެމްބަރުން ތިބި ސިޔާސީ ޕާޓީ ކަމަށެވެ. ފަލާޙު ވިދާޅުވީ ވަރަށް ގިނަ ޕާޓީތަކުން ވާދަކުރާނެ މީހުން ނުވެގެން އުޅޭ ކަމަށެވެ.

ބައެއް ޕާޓީތަކުން ދޭ ޓިކެޓުގައިވެސް އަތްލާނެ ބަޔަކު ނުވެގެން އުޅޭއިރު ޕީއެންސީން ޕްރައިމަރީއަށް އިއުލާނު ކުރީމާ 1800 ކެންޑިޑޭޓުން ކުރިމަތިލީ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެކިއެކި ދާއިރާތަކަށް މިފަހަރު އިްނތިހާބުގައި ވާދަވެސް ކުރެވެނީ 1360 މީހުންނަށް ކަމަށެވެ. އެކަމުންވެސް އެނގިގެންދަނީ ވަރަށް ގިނަ ބޭފުޅުންގެ ޝައުގުވެރިކަން ޕީއެންސީއަސް އޮތްކަން ކަމަށް ފަލާޙު ވިދާޅުވިއެވެ.

”ދެން އުފެދޭ ސުވާލަކީ އަޅުގަނޑުމެންގެ ޕާޓީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުލާން ޖެހެނީ ކޮން ސަބަވަކާއި ލައިގެންތޯ. މީ ކަންނޭގެ ކޮންމެ ރައްޔިތެއްގެ ކުރާނެ ސުވާލަކީ. އެއްވެސް ޝައްކެއްނެތް. ދިވެހިރާއްޖޭގެ ތާރީހުގައި މިހާހިސާބަކަށް ސަރުކާރުން ފެށި އެންމެ ގިނަ މަޝްރޫއުތައް މިދިޔަ ދުވަސްތަކުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ މި ސަރުކާރުން މިވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފައްޓަވާފައި“

ފަލާހު ވިދާޅުވީ ދެހާސް ނުވަތަ ތިންހާސް މަޝްރޫއު ވަނީީ ފައްޓަވާ އިއުލާނު ކޮށް ފައްޓަވާފައި ކަމަށެވެ. މިހާރުވެސް އެ މަޝްރޫއުތައް ހިންގުމަށް އިދިކޮޅު ކައުންސިލުން މިޙާރުވެސް ސަރުކާރަށް ޖެއްސުންކުރަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ބަޔަކު ބިމެއް ނުދީގެން ނުވަތަ އެފަދަ ކަމެއް އަބަދުުވެސް އޮތީ ހިނގާފައި ކަމަށެވެ. ފަލާހު ވިދާޅުވީ އެގޮތަށް މަޝްރޫއުތައް ހުއޓުވާފައިވެސް އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: