ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރުން: މުއްތަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމަށް އެދި ހުށައަޅާއިރު، ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ދައުލަތުގެ ވަސީލަތްތައް ނުވަތަ ރިސޯސަސް ބޭކާރުކުރުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މިހާތަނަށް 877 އެޕްލިކޭޝަން ފޯމު ސަބްމިޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު، ފްލެޓަށް އެދި 416 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 5,599 ފަރާތެއްގެ ފޯމު ސިސްޓަމްގައި ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އަވަހަށް ފޯމު ހުށަހެޅުމަކީ އެންމެ މުހިންމު ކަންތައް ނޫން ކަމަށާއި، އޭގެ ބަދަލުގައި ފޯމު ރަނގަޅަށް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދިނުން މުހިންމު ކަމަށެވެ. ”ނުބައި މަޢުލޫމާތުދީގެން ފޯމު ފުރުމަކީ ހަގީގަތުގަ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރަން ކުރާކަމެއް،“ މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ގޯސް މަޢުލޫމާތު ހިމަނައިގެންނާއި ޝަރުތު ހަމަނުވާ ފަރާތްތަކުން ފޯމު ހުށަނޭޅުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަރުކާރުން މިހާރު ވަނީ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމްގެ އައު އުސޫލުތައް ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި އުސޫލުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ކުރިން އޮތް އުސޫލުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސް ފުރިހަމަކުރެވިފައިވާ އުސޫލުތަކެކެވެ. މީގެ ތެރޭގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމާއި ބިން ދޫކުރުމުގެ އުސޫލު ހިމެނެއެވެ.

ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ ކުދި ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ތަންތަނަށް ބަދަލުވުމުގެ ފުރުސަތު ދިނުމެވެ. އެގޮތުން 1 ނުވަތަ 2 ކޮޓަރީގެ ފުލެޓެއް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، 18 އަހަރުން ދަށުގެ ދަރިން ތިބި އާއިލާތަކަށް، މިހާރު ހުރި ތަން ދޫކޮށްލާ ގޮތަށް 3 ކޮޓަރީގެ ފުލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކުން ބިމެއް ނުވަތަ ގެއެއް އޮތް ނަމަވެސް، މާލެ ސަރަހައްދުން ބިމަށް ނުވަތަ ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު ވަނީ ލުއިކޮށްދީފައެވެ. ބިމަށް ހުށަހެޅުމަށް 45 ދުވަސް އޮތްއިރު، ފްލެޓަށް ހުށަހެޅުމަށް 3 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: