ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ ރައީސަކަށް މަރީ، ނައިބު ރައީސަކަށް ގައިސް

ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް މަރީ އަދި ނައިބަކަށް ގައިސް: ފޮޓޯ ބްރޯޑްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސަކަށް  މަރިޔަމް ވަހީދާ އަދި ނާއިބް ރައީސަކަށް އަހުމަދު ގައިސް ހަމަޖައްސަވައިފި އެވެ.

މަރިޔަމް ވަހީދާ އަދި ގައިސް އަކީ ދާދިފަހުން އެ ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ދެ ބޭފުޅުންނެވެ.

ބްރޯޑްކޮމްގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބާއި މެމްބަރު އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހް ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވަނީ މަޖިލިހުން ވަކިކޮށްފައެވެ.

އޭގެތެރެއިން ތިން މަގާމަކަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެގޮތުން މަރީ އާއި ގައިސްގެ އިތުރުން ދެން އެ ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފް (އައްޔަ) އެވެ.

ބްރޯޑްކޮމްގެ ރައީސަކަށް ހަމަޖެއްސި މަރީ އަކީ މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: