ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަކީ ސަރުކާރުން ދޭ ހަދިޔާއެއް ނޫން، އެއީ ސަރުކާރަށް އޮތް ޒިންމާއެއް: މުއްތަލިބު

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމަކީ ސަރުކާރުން ރައްޔިތުންނަށް ދޭ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކާއި މެނިފެސްޓޯގެ މައްޗަށެވެ. މީގެ މައިގަނޑު މަގްސަދަކީ ހުރިހާ ދިވެހި ރައްޔިތުންނަކީ ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ލިބިފައިވާ ބަޔަކަށް ހެދުންކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމަކީ ސަރުކާރުންދޭ ހަދިޔާއެއް ނޫންކަމަށާއި، ބޯހިޔާވަހިކަމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އަދި މިއީ އެންމެ ނާޒުކު ހާލަތުގައި ތިބި، ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ އާއިލާތަކަށް ހާއްސަކޮށް އިސްކަން ދީގެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ވިދާޅުވި އެވެ.

ހަގީގަތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކާއި މެނިފެސްޓޯއާއި ގުޅޭގޮތުން ރައްޔިތުންނަށް، ހުރިހާ ދިވެހި ރައްޔިތުންނަކީ ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި. ހަގީގަތުގައި ބޯހިޔާވަހިކަމަކީ ސަރުކާރުންދޭ ހަދިޔާއެއް ނޫން… ބޯހިޔާވަހިކަމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް… އެއީ އޭގެ އެންމެ ވަލްނަރަބަލްކޮށް ތިބި އާއިލާތަކަށް ހާއްސަކޮށްގެން އިސްކަންދީގެން ކުރިއަށްގެންދަންޖެހޭ ކަމެއް.

މިނިސްޓަރ ވިދާޅުވީ މީގެ ކުރިން ބޯހިޔާވަހިކަމުގެ ވާހަކަ ދެކެވެނީ ވަކިވަކި މަޝްރޫއުތަކަކަށް އަމާޒުކޮށްގެން ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ގިންތިއަކާއި ފަންތިއެއްގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ރަސްމާލެ އާއި އުތުރުތިލަފަޅު ހިއްކައިގެން ތަރައްގީ ކުރާ ސަރަހައްދުތަކުން 15,000 ގޯތި ދޫކުރުމަށް މިހާރު ޕްލޭންކޮށް އިއުލާންކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އެކި ކެޓަގަރީތަކަށް ބަހާލައިގެން، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ އާއިލާތަކަށް ހާއްސަ އިސްކަމެއް ދީގެން ފްލެޓާއި ގޯތި ދޫކުރެވޭނެކަމަށް ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: