ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަށް ޚާއްސަކޮށްގެން މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް!

މާރުކޭޓު ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުވެރިންގެ އުފައްދުންތައް ފަސޭހަގޮތެއްގައި ވިއްކުމުގެ އިންތިޒާމް ގާއިިމްކުރުމުގެގޮތުން ކާބޯތަކެތި ހަމަ އަގުގައި ވިއްކުމަށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން އެމްޕީއެލްގެ އެހީތެރިކަމާއިއެކު ފަށައިފިއެވެ.

އަތޮޅުތަކުގައި އުފައްދާ ދަަނޑުވެރިކަމުގެ ބާވަތްތަކަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ދިމާކޮށް ގިނަ އަދަދަކަށް މާލެގެނެވޭ ތަކެއްޗެވެ. މި ގޮތުން މި ގެނެވޭ ތަކެތި ފަސޭހައިން ވިއްކުމުގެ ގޮތުން ވަގުތީ މާރުކޭޓެއްގެ މަސައްކަތް ދަނީ މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ކުރަމުންނެވެ.

މި މާރުކޭޓަކީ ރޯދަމަހަށް ހާއްސަކޮށްގެން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް މަލެއަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ސާކިއުލާގައި ވާގޮތުން އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށުގެ ދަނޑުވެރި އުފެއްދުންތައް ވިކއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލުންނާ ދަނޑުވެރިން ގުޅިގެން 29 ޖެނުއަރީގެ 2026 ގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމު ހުށައަޅެމަށް ވެސް ސާކިއުލާގައި ވެއެވެ. ފޯމު ހުށައަޅާނީ މިނިސްޓްރީގެ އީމެއިލް agriculture.dpt@agriculture.gov.mv އަށެވެ.

ފޯމު ފުރިހަމަކުރައްވާއިރު، ވޭތުވެދިޔަ ރަމަޟާންމަހު (2025) އެ ރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާަސީ މިންވަރާއި 2026 ވަނަ އަހަރު މިމާރުކޭޓުގައިި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އެނގޭނެ ގޮތަށް ހުށައެޅުމަށްވެސް އެދިފައިވެއެވެ.

މި ކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން މިނިސްޓްރީގެ ނަންބަރު، 3309390 / 3309394 އަށް ރަސްމީގަޑިގައި ގުޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: