ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލަރުން މަގާމުން ވަކި ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލަރުން މަގާމުން ވަކި ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރުމަށްފަހު ކައުންސިލަރުން މަގާމުން ވަކިކުރާ ގޮތަށް ބަދަލުގެނައެވެ. އެގޮތުން އެލްޖީއޭއިން މައްސަލަ ބެލުމަށްފަހު މަޖިލީހަށް ފޮނުވުމުން މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ކޮމިޓީއިން ވަނީ ބަދަލުގެނެސްފައެވެ.

އެހެންނަމަވެސް ކޮމިޓީއިން އެ ނިންމުން ބަދަލު ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހު ހުށަހެޅުއްވުމުން، އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އެވެ.

އެ އިސްލާހު ފާސްވީ މަޖިލީހަށް މިއަދު ހާޒިރުވެސް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 75 މެމްބަރުންގެ ވޯޓާ އެކު އެވެ. އަދި އެ އިސްލާހާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ 76 މެމްބަރުން ވޯޓާ އެކު އެވެ.

އިސްލާހުގައި ވަނީ ބުނެފައިވަނީ، އެލްޖީއޭއިން އެކުލަވާލާ އިންކުއަރީ ކޮމިޝަނަކުން މައްސަލަ ބަލައި، އަދި އެ މައްސަލައިގެ ރިޕޯޓު އެލްޖީއޭއިން ދިރާސާ ކުރުމަށް ފަހު ކައުންސިލަރުންނަށް ކަންކަން އިސްލާހު ކުރުމަށް އެންގޭނެކަމަށެވެ. އަދި އިސްލާޙު ނުކޮށްފި ނަމަ ތިން މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވެއެވެ. މިހާރު ބިލު އިސްލާހު ކުރިގޮތުން ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

އޭގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާޙުތަކެއް ހުށަހަޅާފަ އެވެ.

އެގޮތުން ކޮންމެ ރަށެއްގައިވެސް އެންމެ މަދުވެގެން ފަސް ކައުންސިލަރުން ބައިތިއްބަން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މީގެ އިތުރުން، އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން މަޖިލީހުން ވަނީ ނިންމާފައެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ހެދުމަށް ވަނީ ނިންމާފައެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދިނުމަށް ވަނީ ނިންމާފައެވެ. ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއްދިނުމުގެ އިތުރުން މާލީ ބާރުވެރިކަން ދިނުމަށް ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: