ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހަށް ހުޅުވާ ވަގުތީ ދަނޑުވެރިންގެ މާރުކޭޓު ބޭނުންކުރުމުގެ އުޞޫލު ޢާންމުކޮށްފި

މާލޭ ލޯކަލް މާރުކޭޓް. ފޮޓޯ: ޓްރިޕްއެޑްވައިޒަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރަމަޟާންމަހަށް ހުޅުވާ ވަގުތީ ދަނޑުވެރިންގެ މާރުކޭޓު ބޭނުންކުރުމުގެ އުޞޫލު ޢާންމުކޮށްފި އެވެ.

މިއީ ރަމަޟާން މަހަށް ހާއްސަކޮށްގެން ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ލުއިފަސޭހަ ގޮތެއްގައި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ސަރުކާރުން ގާއިމްކޮށްދޭ ވަގުތީ މާރުކޭޓެކެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމާއި ބޭނުންކުރުމުގެ އުސޫލު މިހާރުވަނީ ސަރުކާރުން އާންމުކޮށްފައެވެ.

މި މާރުކޭޓަކީ ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާލެއަށް ގެނެސް ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ގާއިމުކުރާ ތަނެކެވެ.

މާރުކޭޓަށް މުދާ ވެއްދޭނީ 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ. އަދި ވިއްކާ ތަކެތީގެ ސައްހަ ރިކޯޑު މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރަށްރަށުން އުފައްދާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. އެހެންކަމުން ރިހާކުރާއި، އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި، އިމްޕޯޓްކޮށްފައިވާ އެއްވެސް ބާވަތެއް ވިއްކުން މަނާވާނެއެވެ.

މީގެ އިތުރުން، ގޮޅިތަކުގައި މުދާ ވިއްކުމަށް ބިދޭސީން ބޭތިއްބުމާއި، ކަނޑައެޅިފައިވާ ގޮޅިން ބޭރުގައި މުދާ ބެހެއްޓުން ވެސް މަނާކޮށްފައި ވެއެވެ.

އުސޫލު ބުނާ ގޮތުގައި މުދާ ބަހައްޓަންވާނީ ތަޅުންގަނޑުން ފެށިގެން 2 ފޫޓު އުސް، ސާފުތާހިރު މޭޒެއްފަދަ އެއްޗެއްގެ މަތީގައެވެ. ނަމަވެސް، ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ އަދި ބަރަބޯ ފަދަ ހަރު ތޮށިލީ ބާވަތްތައް ތަޅުންގަނޑުމަތީގައި ބެހެއްޓިދާނެއެވެ.

މި މާރުކޭޓު ހުޅުވިފައި ހުންނާނީ ނަމާދު ވަގުތުތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.

މާރުކޭޓު ސަރަހައްދުގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭއިރު، ކޮންމެ ދުވަހަކު ވިޔަފާރި ނިންމުމަށްފަހު އުފެދޭ ކުނިތައް ކަނޑައެޅިފައިވާ ވަކި ސަރަހައްދަކަށް ޖަމާކުރަންވާނެއެވެ. އަދި މާރުކޭޓު ބޭނުންކޮށް ނިމި، ތަން ހުސްކުރަންޖެހޭ އެންމެ ފަހު ތާރީހަކީ 26 މާޗު 2026 ގެ އިރުއޮއްސި 18:00 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: