ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޓު ކަފާލި މައްސަަލަ، އޮޅުން ބޮޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލިތައް!

ޖީއެމްޒެޑްއެލްގެ އެމްޑީ އިބޫ މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށި ފަޅުތެރެއިން އެމްވީސީ ހޯމް ސަފަޔަރ ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރި މައްސަލަ ހޫނުވެ އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންްޓަރޕްރައިޒިސް ކޮމިޓީންވަނީ ބަލަން ފަށާފައެވެ. އެ މައްސަލައިގައި ފިނޭންސް މީނިސްޓްރީ ފޮނުވާފައިވާ ސިޓީތަކާއި، ކޮމިޓީގައި ދައްކަވާ ވާހަކ ތަކުގައި މާނަކުރުމުގެ މައްސަލަތަކެއް އުޅޭކަން ވަނީ ފެންމަތި ވެފައެވެ.

ޕާކަވަންއާ އެކު ގްރޭޓާ މާލެ އިން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމަ އެވެ. އެއީ، ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) ހޯދަން ޕާކަވަން އިން ވަނީ ދައުވާކޮށްފަ އެވެ.

ފިނޭންސްގެ ހުއްދަ ހޯދި، އެކަަމަކު އެއާއި މެދު ޚިޔާލް ތަފާތު

މި މައްސަލަ އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން 26 ނޮވެމްބަރުގައި އެސްއޯއީ ކޮމިޓީއަށް ސިޓީއެއްވަނީ ފޮނުވާފައެވެ. ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފިރްޒުލް ހުސެއިން ފިރާޒް ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހު، ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން އެ ބޯޓު އެތަނުން ނެގުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ. އެ މަަސައްކަތް ކުރުމަށް ހުއްދަ ފިނޭންސް މިނިސްޓްރީން ދިފައިވާ ކަމަށް އޭނާވިދާޅުވިއެވެ. އޭގެ ފަހުން ފުލުހުން 5 ސެޕްޓެމްބަރ 2019އިގައި އެ އުލަނދު ނައްތާލަން ހުއްދަ ދިންތ ސުވާލު ކުރި ކަމަށާ، 9 ސެޕްޓެމްބަރގައި އެ އުޅަނދު ނައްތާލަން ހުއްދަ ނުދޭކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މުއާމަލާތް ހިނގިގޮތުގައި ނުރަނގަޅު ކަންތައްތަކެއް ހުރި ކަމަށް ލަފާކުރެވޭތީ ފިނޭންސް މިނިސްޓްރީގެ ފަރާތުން އަންގައިގެން އޮޑިޓެއް ކޮށްފައިވާ ކަމަށާ އެ އޮޑިޓަށް ފަހު އެކުލަވާލި ރިޕޯޓް ޕްރައިވެޓައިޒޭޝަން ބޯޑާއި ހިއްސާކުރުމުން، ޕީސީބީން ޚާއްސަ އޮޑިޓަކަށް އޮޑިޓަރ ޖެނެރަލްގެ ކިބައި އެދިފައިވާ ކަމަށް ފިރްޒުލް ވިދާޅުވިއެވެ.

އެސްއޯއީ ކޮމިޓީގެ މުޤައްރިރު އިލްޔާސް ލަބީބުވަނީ، އެ ބޯޓުގެ މިލްކު ވެރިކަމާއި މެދު ސުވާލު އުފެދުނު ކަމަށާ، ކޮމިޓީން ބެލި ބެލުމުން ކޯޓުން ޙުކުމްކޮށްގެން އެ ބޯޓު އޮތީ ދައުލަތުގެ މިލްކުވެރިކަމުގައިކަން އެނގިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހުއްދައާއި އެކު ގްރޭޓަރ މާލޭ އޭރިއާގެ ބެލުމުގެ ދަށަށް އެ ބޯޓު ބަދަލުކޮށްފައިވާކަން އެނގޭ ކަަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ބޯޓާއި ގުޅޭ ގިނަ މައްސަލަތަކެއް އަދިވެސް އެބަހުރި ކަމަށާ، އެކަންކަން ހައްލުކޮށް އެ ބޯޓުގެ ބޭނުން ކުރެވޭނެ މަގު ވީހާވެސް އަވަހަށް ފަހިކޮށްދޭން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސްގެ ހުއްދައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު ވިދާޅުވީ، ބޯޓުގެ މައްސަލައިގައި ފިނޭންސުން ޖީއެމްއައިޒެޑްއެލްއަށް ދެއްވާފައިވާ ހުއްދައިގައި، “ބޯޓު ފަޅުތެރެއިން ނެގުމުގެ ހުއްދަ ދީފައިވަނީ ސިވިލްކޯޓުގެ މުޅި ހުކުމަށް ކަމަުގައި” ފާހަގަކޮށްފައެވެ. އަދި ގަޟިއްޔާގައި ބޯޫޓު ތަސްރަފު ކުރުން ދައުލަތަށް ލިބިފައިވަކަމަށެވެ.

ޑެޕިއުޓީ ފިނޭންސް މިނިސްޓަރ މަޖިލީހުގައި ވާހަކަދައްކަވަނީ

މިކަމަާއި ގުޅޭ ގޮތުން ފިނޭންސުން ވިދާޅުވީ ފިނެޭންްސުުން ފޮނުވާފައިވާ ސިޓީގައި އެގޮތަށް އިބާރާތްކުރެވިފައިވީނަމަވެސް އެގޮތަށް މާނަ ނުކުރެވޭ ކަމަށެވެ.

ބޯޓުގެ މައްސަލައިގައިވެސް، ޖީއެމްއައިޒެޑްއެލްގެ ތެރޭގައި ޚިޔާލްތަފާތުވުން އިންތިހާއަށް

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ރަޝީދު އަބޫބަކުރު  ވިދާޅުވީ، 30 ޖުލައިގައި 2012އިން ފެށިގެން ތިލަފުށީ ކޯޕަރޭޝަނުން ހުއްދަ ނުހޯދާ، ސީހޯމް ސަފަޔާ ކިޔާ ބޯޓެއް ފަރަށް އުރިފައިވާ ކަމަށާ، އެ ބޯޓުގައި އެއްވްެސް އަލިކަމެއް ނެތުމުން، އެހެން އުޅަނދުތަކަށް ނުރައްކާވާކަމަށް 26 ނޮވެމްބަރ 2012އިގައި ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން ދިފާއީ ބާރާއި މޯލްޑިވްސް ޕޮލިސް ސަރވިސް، ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިޝަރީޒް އެންޑް އެގްރިކަލްޗަރ، އެޓަރނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްް ޕޯޓް ލިމިޓެޑް، މޯލްޑިވްސް ލަސްޓަމްސް ސަރވިސް، އެންވައިރޮމެންޓް މިނިސްޓްރީ އަދި އެންވައިރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީއަށް އެ އުޅަނދުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުން ވެދާނެކަން އަންގާފައިވާކަމަށް އިބޫ ވިދާޅުވިއެވެ.

އެ އުޅަނދަކީ ފައިދާ ވާނެ ހަރު މުދަލަކަށް ވުރެ ބޮދަށް ގެއްލުން ވެދާނެ ލައިބިލިޓީއެއްގޮތަށް ބަލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ އުޅަނދު ކަނޑައިގެން ގޮސް އެއަޕޯޓަށް ލައްވެދާނެތީ، އެމްއނެްޑީއެފްއިން ޚަރަދުކޮށްގެން ތިލަފުށީ ފަޅަށް ވެއްދިކަމަށާ، އެ އުޚަނދު ވެއްދިތަނުގެ ސަބަބުން އެމްޓީސީސީއަށް ގެއްލުންތަކެއްވާތީ، އަނެއްކާވެސް އިތުރު ތަނަކަށް އެ އުޅަނދު ބަދަލު ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެސްއޯއީ ކޮމިޓީގެ ތެރެއިން

ބޯޓު ނެގުމުގެ މަސައްކަތާއި ގުޅޭ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއިވެސް ކޮމިޓީން ސުވާލު ކުރިއެވެ. އެކަމާއި ގުޅިގެން ގްރޭޓަރ މާލޭ އޭރިއާގެ މެނޭޖިން ޑިރެކްޓަރ އިބޫ ވަނީ އެ ހާދިސާ ހިނގި އިރު، ޑީިުއެމްޑީ މަޤާމުގައި ނެތުމާއި އެކު، އެ ސުވާލުތަކަށް ޖަވާބުދިނުމަށް ވަކީލަށް ފުރުސަތު ދެއްވުމަށް އެދިލައްވާފައެވެ. އެހެންނަމަވެސް އިލްޔާސް ވަނީ ޑީއެމްޑީއަށް ވާހަހަކަދައްކަވަން ފުރުސަތުދެއްވާފައެވެ.

އެގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ފިނޭންސުން ދީފައިވާ ހުއްދައިން ބޯޓު ކަފާލަން ހުއްދަ ލިބުނުކަމަށް ޤަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ފިނޭންސުން ހުއްދަ ދިނީ ބޯޓު އޮތްތަނުން ނަަގަންކަމަށާ، އެ ބޯޓު ނައްތާލަން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

 

އެސްއޯއީ ކޮމިޓީގެ ތެރެއިން

ބޯޓު ނަގާފައިވަނީ ކުންފުނީގެ ބޯޑަށް އެނގިގެންތޯ ސުވާލުކުރުމުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ޗެއަރމަން ސައުދުވިދާޅުވީ، އެ މައްސަލަ ފެންމަތިވީ ހުކުރު ދުވަހެއްގައި ކަމަށް ވުމާއި އެކު ބޯޑު ބައްދަލުވުމެއް ބޭއްވުނީ އާދިއްތަ ދުވަހެއްގައި ކަމަށެވެ. އެއަށްފަހު ސާދަ ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެކަން ހިނގައި ދިޔަގޮތް އެމްޑީ ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރީ ބޯޑުން ފާސްކޮށްގެން ނޫންކަން ސައުފުވަނީ ސާފުކޮށްދެއްވާފައެވެ.

އެސްއޯއީ ކޮމިޓީގެ ތެރެއިން

ޕްރައިވެޓައިޒޭޝަން ބޯޑާއި މެމްބަރުންވަނީ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. ކުންފުނީގެ ޗެއަރޕަރސަން އާއި އެމްޑީގެ ޚިޔާލުތަފާތުވުމުން އެކަމާއި މެދު ފިޔަވަޅު އަޅަން ވިސްނަންތޯ ކޮމިޓީގައި ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބުގައި ޕީބީސީގެ ރައީސް ހުސެއިން ވަހީދުވަނީ ސާބިތު ނުހިފޭ ތުހުމަތުތައް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނުކުރަން ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިނިވަން ފަރާތަކުން މައްސަލަތައް ބަލައިގެން ކުރިއަށް ގެންދިއުމަށް އެދިލައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ކުންފުނީގެ މެނޭޖްމެންޓްގެ ފަރާތުން މީގެ ކުރިން އެސްއޯއީ ކޮމިޓީގައި ފާހަގަކޮށްފައިވަނީ އެކަން ކުރުމަށް ކުންފުނީގެ ކުރީގެ ބޯޑުން މެނޭޖިންގް ޑިރެކްޓަރަށް ޤަރާރަކުން ހުއްދަ ދެއްވާފައިވާ ކަމަށެެވެ. އެއީ ކުރީގެ ބޯޑުން ކުރީގެ އެމްޑީއަށް ދެއްވާފައިވާ ހުއްދައެއް ކަމަށް ވުމުން މިހާރުގެ ބޯޑުގެ ނިންމުމެއް ނޫންކަމަށް ފޭދޫ ދާއިރާގެ މެންބަރު ނިހާދު ފާހަގަކުރެއްވިއެވެ. އެކަމަށް ރައްދު ދެއްވަމުން ކުންފުނީގެ ޤާނޫނީ ވަކީލު ވިދާޅުވީ، ބޯޑުގެ ނިންމުންތައް އެހެން ގޮތަކަށް ބަދަލުނުކުރާހާ ހިނދެއްގައި އެއަށް ޢަމަލު ކުރެވޭނެ ކަމަށާއި، ބޯޑު ނުވަތަ އެމްޑީ ބަދަލުވިޔަސް އެ ޤާރާރަށް އަމަލުކުރެވޭނެކަމަށެވެ.

ކޯޓަށް ހާޒިރު ނުވާކަމަށް ބުނާ ވާހަކައިގެ ހަގީގަތެއް ނެތް!

މި މައްސަލައިގައި ޖީއެމްއައިޒެޑްއެލް ކޯޓަށް ހާޒިރު ނުވާކަމަށް ދެކެވުނު ވާހަކަތަކާއި ގުޅިގެން، އެމްޑީ އިބޫ ވަނީ އެކަމަށް ޖަވާބުދެއްވާފައެވެ.

” ކޯޓަށް ހާޒިރު ނުވާ ދެ ދުވަހެއްގެ ވާހަކަ ވިދާޅުވެއްޖެ. ފުރަތަމަ ދުވަހު އަޅުގަނޑުމެންނަށް ޗިޓެއް ނުލިބޭ. ދެވަނަ ދުވަހު ވަރަށް ލަސްވެފައި ހުއްޓާ ޗިޓް ލިބުމުން، އަޅުގަނޑުމެން އަޅުގަނޑުމެންގެ ލޯޔަރު ހުރީ ޗުއްޓީގައި ކަމަށްވުމާއި އެކު، އެ ލީވް ސްލިޕާއި އެކު ކޯޓަށް ފޮނުވާ ތައްގަނޑު ޖެހިފައި ވަނީ. އެހެންވީމަ ކޯޓަށް ހާޒިރު ނުވާކަމަކަށް ދެންނެވޭކަށް ނެތް.”

މެމްބަރުން ވަނީ ސިވިލް ކޯޓަށް ބަދަލު ހޯދަން ހުށަހަޅާނެ ކަމަށް، ބެލެވޭތީ އެކަން ދާނީ ކިހިނެއްތޯ ފިނޭންް މިނިސްޓްރީއާއި ވެސް ސުވާލުކޮށްފައެވެ. ޖަވާބުގައި ފިނޭންސް މިނިސްޓްރީ ވިދާޅުވީ ކޯޓަށް ދިޔައިމަ ކޯޓުން ނިމޭނެ ކަންކަން ކަނޑައެޅޭ ފަދަ މަޤާމެއްގައި ފިނޭންސް މިނިސްޓްރީ ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: