ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަރްދާނީ 2″، ރޭޕް ގިނަ އިންޑިއާގެ ހިތި ހަގީގަތް ދައްކުވައިދޭނެ ފިލްމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

 

ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު ‘މަރްދާނީ’ގެ ސީކުއެލްގެ ޓްރެއިލަރ އާއި އެކު އެ ފިލްމަށް ކުރާ އުންމީދު މިވަނީ ބޮޑުވާން ފަށާފައެވެ.

މި ފިލްމްގެ ޓްރެއިލަރއަށް 9 މިލިއަނަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ. މިއީ ރޭޕްގެ މައްސަލަތައް އިންތިހާއަށް އިންޑިއާގައި ހިނގާފައި ހުރި ހަގީގީ ހާދިސާތަކާއި ގުޅޭ ވާހަކަތައް ހިމެނޭ ފިލްމެކެވެ. މިއީ އިންޑިއާގެ މުޅި ސިސްޓަމްއަށް ގޮންޖަހާލާ ރޭޕިސްޓަކު ހިފުމަށް، އަންހެން އިންސްޕެކްޓަރަކު ކުރާ މަސައްކަތް ފެންނާނެ ފިލްމެކެވެ.

މި ފިލްމްގެ ފުރަތަމަ ބަޔަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމް ރިލީޒްކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. މަރްދާނީ 2 ގައި ވެސް ކުރީ ފިލްމެކޭ އެއްފަދައިން، އިރާނީ އަދާކުރާނީ ސުޕައިންޓެންޑެންޓް އޮފް ޕޮލިސްގެ ރޯލެވެ. މި ފިލްމުގެ ޓްރެއިލަރ އިން ފެނިގެންދަނީ ޒުވާން އަންހެން ކުއްޖަކު މަގުމަތިން ލިފްޓެއް ހޯދާ މަންޒަރެވެ. އަދި އޭނާއަށް ލިފްޓް ދޭ ފިރިހެން މީހާ އޭނާ ރޭޕް ކުރުމަށްފަހު މަރާލާފައި މަގުމައްޗަށް އެއްލާލާ މަންޒަރު ފެނިގެންދެއެވެ. ބެލެވޭ ގޮތުން މި ފިލްމުން ފެންނާނީ، ރާނީ އެމީހާ ހޯދުމަށްޓަކައި ކުރާ މަަސައްކަތެވެ. އަދި އެ ރޭޕް ކުރި މީހާ އޭނާގެ މަޅީގައި ގިނަ އަންހެން ކުދިންތަކެް ޖައްސަން މަސައްކުރާ މަންޒަރު ޓްރެއިލަރ އިން ފެނިގެންދެއެވެ.

މަރްދާނީ 2 ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ވާއިރު ޔަޝްރާޖް ފިލްމްސް ބެނަރގެ ދަށުން ގެނެސްދޭ މަރްދާނީގެ ޕްރޮޑިއުސަރަކީ ފުރަތަމަ ފިލްމުގެ ވެސް ޕްރޮޑިއުސަރު އަދި ރާނީ މުކަރުޖީގެ ފިރިމީހާ އަދިތްޔާ ޗޯޕްރާއެވެ.

މި ފިލްމުން ފެންނަ ކެރެކްޓަރ ވަރުގަދައިރު، ނަމަކަށް ފިލްމެއް ހަދަން ބޭނުން ނުވާ ކަމަށް ރާނީ ވަނީ މީގެކުރިން ބުނެފައެވެ. އިންޑިއާއަކީ ރޭޕްގެ މައްސަލަ އެންެމެ އާއްމު އެއް ޤައުމެވެ. އެފަދަ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އަދިވެސް ވަރަށް މަދެވެ. ރޭޕްގެ މައްސަތައް ފޮރުވަން އަދިވެސް ކަމާއި ބެހޭ އިދާރާތަކުން މަަސައްކަތް ކުރާކަން ބައެއް ބޮދެތި ކޭސްތަކުން ހާމަވެއެވެ. އަދި އާންމު މީހުންނާއި ނިކަމެތި މީހުންނަށް ދިމާވާ ކަންކަމާއި އަޅާ ނުލުން ފަދަ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: