ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރުން މާދަމާގެ ޖަލްސާގައި

ޕީޖީގެ މަގާމަސް އައްޔަން ކުރަން ރައީސް ސާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ހުސެން ޝަމީޟް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހ. ހިޔާކަން ހުސައިން ޝަމީމު އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީޙުގެ ހޮނިހިރު ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. 

ޕީޖީގެ މަގާމުން ޢައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމަސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމް ތިން ބޭފުޅަކު ކުރިމަތިލައި އޭގެ ތެރެއިން ޕީޖީގެ މަގާމަށް އައްޔަން ކުރުމަސް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ފެނިވަޑައިގެންނެވީ ހުސެން ޝަމީމްއެވެ. 

އެގޮތުން ޝަމީމްއަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުން މައްސަލަ ދިރާސާ ކުރި ޖުޑިޝަރީ ކޮމެޓީން ޝަމީިމްއާއި އިންޓަވިއު ކުރުމަށް ފަހު ކޮމެޓީން ފާސްކޮށްފައި ވަނީ ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ. 

ޝަމީމަކީ، މީގެ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޓީގެ މެމްބަރުން ވަނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅޭގޮތުން ޝަމީމް ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

ރާއްޖެއަށް ގެނައުމަށް ބޭނުންވަނީ ރަނގަޅު ޝަރުއީ ނިޒާމަކާއި، ޖިނާއީ އަދުލުގެ ނިޒާމެއްކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. ޝަމީމް ވިދާޅުވީ އޭނާ ބޭނުންވަނީ ރަނގަޅު ޝަރުއީ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމް ވެގެންދާނީ މިނިވަން އަދި ރަނގަޅު ފެންވަރުގެ ޝަރީއަތްތައް ހިންގޭ މަސައްކަތަކަށް ކަމަށެވެ.

ކޮމިޓީގައި، ޝަމީމް އާއި މެމްބަރުން ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. އޭގެ ތެރޭގައި އޭނާ ޑެޕިއުޓީ ޕީޖީކަން އަދާކުރިއިރު މަސައްކަތްތައް ބައްޓަން ކުރިގޮތާއި ގުޅޭގޮތުން ވެސް ސުވާލު ކުރިއެވެ. ބައްދަލުވުމުގައި ޝަމީމުއާ އިންޓަވިއުކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަނުކުރުމަށް ފެނޭތޯ ކޮމިޓީގައި ވޯޓު ނެގި އިރު، ކޮމިޓީގެ އިއްތިފާގުން ފާސްވީ އޭނާ އައްޔަނުކުރަން ފެންނަ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ނޫން ފަރާތްތަކުން ޖިނާއީ ތުހުމަތު ހިމެނޭ ކަންކަމުގެ ތެރެއަށް ވަދެ ވަކި ނަތީޖާއެއް ހާސިލުވާ ގޮތަށް ކަންކަން ކޮށްފައިވާކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސައްކަތް އެހެން މުއައްސަސާއަކުން ކުރުމަކީ ގާނޫނީ ގޮތުން ސައްހަވާނެ ކަމެއް ނޫން ކަމަށެވެ.

އިންޓަވިއުގައި ޝަމީމް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރެއްވީ ޖިނާއީ މައްސަލަތަކުގެ ތެރެއަށް، އެހެން މުވައްސަސާތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމެވެ. މީގެ ކުރިންވެސް އެފަދަ ކަންކަން ހިނގާފައިވާކަން ފާހަަގަ ކުރައްވާ ޝަމީމް ވިދާޅުވީ ގިނަ ފަހަރަށް މުވައްސަސާތަކުން އެ ޖިނާއީ ތުހުމަތު ހިމެނޭ ކަންތަކުގެ ތެރެއަށް ވަދެ، ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ވެސް މަސައްކަތްކޮށްފައިވާކަމަށެވެ. އެހެން ނަމަވެސް، އޭނާއަށް ޕީޖީ ކަމުގެ މަގާމަށް އާދެވިއްޖެ ނަމަ އެފަދަ ކަންކަމާއި ދެކޮޅަށް އަޑުއުފުލާނެ ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކަމެއް ގޯސްވެ އެކަމެއްގެ މައްޗަށް ކަމެއް ނުކުރެވޭފަދަ ހާލަތަށް ގޮސްފިނަމަ އޭނާ އަކީ މަގާމުގައި ދެމި ހުންނާނެ މީހެއް ނޫން ކަމަށެވެ. މަސައްކަތަށް އެހެން ބައެއްގެ ބާރު އަންނަ ހާލަތެއްގައި އެކަމާއި ދެކޮޅަށް އިހުތިޖާޖު ކުރައްވާނެ ކަން ޝަމީމް ފާހަަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: