ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން މާދަމާގެ ޖަލްސާގައި

އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ފޮނުއްވާފައިވާ މުއުތަސިމް އަދުނާން އަދި ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ފޮނުވާފައިވާ ހުސްނު ސޫދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މ.ގުލްފާމްގެ،  އަޙްމަދު މުޢުތަޞިމް ޢަދުނާން އައްޔަން ކުރުމުގެ މައްސަލައާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނު ސޫދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންެ މަޖިލީޙުގެ ހޮނިހިރު ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. 

ރައީސް ސާލިޙް އުްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް މުއުތަސިމްގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވިއިރު ފަނޑިޔާރު ކަމަށް އައްޔަން ކުރުމަަށް ފޮނުއްވާފައި ވަނީ ސޫދުގެ އިތުރުން ހައިކޯޓުގެ ފަނޑުޔާރު ރައޫފްއެވެ. ނަމަވެސް ރައޫގްފެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި ވާތީ ރައޫފްގެ ނަންފުޅު ޖޭއެސްސީން ރައީސްއަށް ފޮނުވާފައެއް ނުވެއެވެ. އެހެން ކަމުން މަޖިލީޙުން ރުހުން ހޯދުމަށް ރައީސް ފޮނުއްވީ މުއުތަސިމްއާއި ސޫދުގެ ނަންފުޅެވެ. 

ރައީސް ފޮނުއްވި ދެ ނަންފުޅު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ކޮމެޓީން ފާސްކޮށްފައި ވަނީ މުއުތަސީމް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށާއި އަދި ސޫދު ސުޕްރީމް ކޯޓުގެ ފަނޑުޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ޑރ އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އަދި އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދު ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އެއަށްފަހު ސުލޫކީ މައްސަލައެއް ބަލަމުން ގެންދަނިކޮށް އަބްދުﷲ އަރީފް ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޢަނީ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެހެން ކަމުން މިހާރު ސުޕްރީމް ކޯޓުގައި ތިއްވަނީ އެންމެ ފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ޢައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ އަޒްމިރާދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: