ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތަށް އޮތް އިންތިޒާމަކީ މައިޕޯޓަލްގެ ތެރެއިން ފޯމު ބަލައިގަތުން: އީސީ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ކުރަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މި ވަގުތަށް އޮތް އިންތިޒާމަކީ މައިޕޯޓަލްގެ ތެރެއިން ފޯމު ބަލައިގަތުން ކަމަށް އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާހް ސައީދް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިޝާހް ވިދާޅުވީ، ކޮމިޝަނުން ކަނޑައަޅާފައި ވަނީ ވަކި ޓައިމް ފްރޭމްއެއްގެ ތެރޭގައި ފޯމު ހުށައަޅަން ކަމުގައި ވިޔަސް އެހެނިހެން ވަގުތުތަކުގައި، ކެނޑިޑޭޓުންނަށް ފޯމުފުރާ، ބޭނުންވާ އެހެނިހެން ޑޮކިއުމެންޓްތައް އަޕްލޯޑްކޮށް، ފައިސާ ވެސް ދެއްކޭނެ ކަމަށެވެ. ހޮނިހިރު ދުވަހާއި ރަސްމީ އެހެނިހެން ދުވަސްތަކުގައި 8:30 އާއި 15:30 އާއި ދެމެދުގައި ހަމައެކަނި ކުރަންޖެހޭނެ ކަމަކީ ސަބްމިޓް ކުރުންކަމަށެވެ.

ބައެއް ސިޔާސީ ޕާޓީތަކުން މި ކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައި ހުރުމުގެ ސަބަބުން މި ވަގުތު ވެސް އިލެކްޝަން ކޮމިޝަންގެ ފަރާތުން ސަބްމިޓްކުރެވޭ ވަގުތުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިޝާހް ވިދާޅުވިއެވެ.

ވިޝާހް ވިދާޅުވީ ގާނޫނުގައިވާގޮތުން ފޯމު ސަބްމިޓް ކުރާ ވަގުތުން ފެށިގެން 5 ދުވަސްތެރޭ އެ ކޮމިޝަނުން އެއަށް ޖަވާބުދާރީވާން ޖެހޭކަމަށާއި އެގޮތުން މިހާރުވެސް 2500 އަށް ވުރެ ގިނަ ފޯމު އެ ފަރާތަށް ލިބިފައިވާ ކަމަށާއި ދުވާލަކަށް އެވަރެޖުކޮށް ބަލަންޏާ 300 އަށް ވުރެ ގިނަ ފޯމު ލިބޭކަމަށެވެ.

ޖަވާބުދޭންޖެހޭ ވަގުތަކަށް 5 ދުވަސް ގާނޫނުގައި ބަޔާންކޮށްފައިވިޔަސް އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަހަކަށް އެ ފޯމުތައް ޕްރޮސެސްކޮށް ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބަލާ އެ ފަރާތްތަކަށް ޖަވާބުދިނުން

މި ވަގުތަށް އޮތް އިންތިޒާމަކީ މައިޕޯޓަލްގެ ތެރެއިން ފޯމު ބަލައިގަތުން ކަމަށާއި މި އިންތިޒާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ކެނޑިޑޭޓުން ކިޔުގައި ޖެހޭ ޖެހުން މަދުކުރުން ކަމަށެވެ. މި ކަން މި ގޮތަށް އިންތިޒާމުކުރެވިފައި މި ވަނީ ކުރީގެ ތަޖުރިބާއަށް ބެލުމަށް ފަހުގައި ކަމަށާއި، އެގޮތުން 1 ގަޑިއިރަށް ވުރެ ގިނައިރު މީހުން ކިޔުގައި ޖެހިފައި ތިބެންޖެހޭ ކަމަށް ވިޝާހް ވިދާޅުވިއެވެ.

މިހާރު ހުރިހާ މުއައްސަސާތަކުން ދޭ ހިދުމަތްތައް ވެސް ޑިޖިޓަލައިޒް ވަމުން އަންނަކަމަށާއި، އެގޮތުން 2021 ވަނަ އަހަރުގެ މުއައްސަސާގެ ސްޓްރެޖެޓިކް ޕްލޭންގައި އެ ބޭފުޅުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ޕްރޮސެސްތަކަކާއެކު ކުރެވިގެން އައި ކަމެއް ކަމުގައެވެ. އަދި މިއީ ޑިޖިޓަލައިޒް ކުރެވިގެން އިންތިހާބަށް ހުށައެޅުމުގެ ފުރުސަތު ހުޅުވައިލެވޭ ފުރަތަމަ ފަހަރު ނަމަވެސް މީގެ ކުރިން ބައެއް އިންތިހާބުތަކަށް އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ފޯމުތައް ބަލައިގަންނަމުން އައީ ޑިޖިޓަލްކޮށްކަމަށެވެ.

މި ގެނެވުނު ބަދަލާއި ގުޅޭ ގޮތުން އެބޭފުޅުންނަށް ލިބިފައިވަނީ ވަރަށް ފައްސި ކޮމެންޓުތަކެއްކަން ފާހަގަކުރައްވާ ވިޝާހު ވިދާޅުވީ މި ކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އަމިއްލަގޮތުން ކުރިމަތިލާފައިވާ ފަރާތްތަކުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: