އުރީދޫ މޯލްޑިވްސް އިން ކަނޑުއަޑީގެ ޑައިވިން އިކުއިޕްމަންޓް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ހަދިޔާކޮށްފިއެވެ.
ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ:
- 1 އޯޝަން ރީފް އެމް105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން ޑިވައިސް
- 1 ލުބެލް ލެބް އަންޑަރވޯޓަރ ލައުޑް ސްޕީކަރު
- 3 އޯޝަން ރީފް ފުލް ފޭސް ފޭސް 2 ޑައިވިން މާސްކް
މި އާލާތްތަކަކީ ކަނޑުއަޑީގެ މުވާސަލާތީ ގުޅުމުގުގައި އެހީތެރިވެ، ކަނޑުއަޑީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އާލާތްތަކެކެވެ. އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ މި އިކުއިޕްމަންޓްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ މިމަހުގެ 27 ވަނަ ދުވަހު ބަނޑާރަކޮށީގައެވެ. މި އެހީގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.
އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 2025 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ބޭއްވި ކަނޑުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަންގެ ގިނިސް ވޯލްޑް ރެކޯޑްހެދުމަށް މި ޑައިވިން އިކުއިޕްމަންޓް ވަނީ ބޭނުންކޮށްފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކުގައެވެ.
ސީ.އީ.އޯ އެންޑް މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ޙަމާދީ، އުރީދޫ މޯލްޑިވްސް ދިވެހި ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑު. ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަޅުގަނޑުމެންގެ ވޯލްޑް ރެކޯޑް އަންޑަރވޯޓަރ ޕެނަލް ޑިސްކަޝަންގައި ބޭނުންކުރެވުނު ސްޕެޝަލައިޒްޑް އިކުއިޕްމަންޓްތައް އެމް.އެން.ޑީ.އެފުން މިހާރު ކުރަމުން ގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އުއްމީދުކުރަމެވެ.
”އަދި ކަނޑުއަޑީގެ މުވާސަލާތީ ވަސީލަތްތަކާއި، ސަލާމަތާއި ރައްކާތެރިކަން އަދި އޮޕަރޭޝަނަލް ގާބިލްކަން އިތުރުކޮށް، ކަނޑުއަޑީގެ ތިމާވެށި ހިމާޔަތް ކުރުމުގައި އެމް.އެން.ޑީ.އެފް އަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް.“
އުރީދޫ މޯލްޑިވްސްގެ ފަރާތުން މި ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ކަނޑުގެ ބައި ބޮޑު ޤައުމެއްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު ކެޕޭސިޓީ ވަރުގަދަކުރުމަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ކަނޑުއަޑީގެ ޒަމާނީ އާލާތްތައް ބޭނުންކުރުން ވަރަށް މުހިއްމު ކަމަށް ހިލްމީ ވިދާޅުވިއެވެ.
”މި އެހީގެ ސަބަބުން ރާއްޖޭގެ އޮޕަރޭޝަނަލް އިފެކްޓިވިޓީ އަދި މެރިޓައިމް ގޮންޖެހުންތަކަށް އިޖާބަ ދިނުމުގެ ގާބިލްކަން އިތުރުވެ، ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު އެހީއަކަށް ވެގެންދާނެއެވެ“
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އީޖާދީ އުފެއްދުންތައް އުފައްދައި، މުޖުތަމައު ބާރުވެރިކުރުވުމާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ

