ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެިއން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް މިއަދު ހެނދުނު ފައްޓަވައިފިކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައެވެ.

މި މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ގެނެސްފައިވާ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާ ބޭނުންކޮށްގެނެވެ. މި ޑްރެޖާއަކީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ.

.މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ބޮސްކާލިސް ނަމަކަށް ކުންފުންޏަކާއެވެ. 

އެގޮތުން، ހިއްކުމަށް ހަމަޖެހިފައި ވަނީ 169 ހެކްޓަރުގެ ބިމަކަށް ވާއިރު، ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެތަނުން 56 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. އެހެންކަމުން މިހާރު ގިރާވަރު ފަޅުން ހިއްކަން ޖެހޭނީ 113 ހެކްޓަރުގެ ބިންކަމށް މި މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައިވެއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެތަނުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން މާދަމާ ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައއިވާއިރު، އެތަނުގެ އާ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުގައި ޖުމްލަ ދިނުމަށް ނިންމާފައިވަނީ 4 ސައިޒެއްގެ 4،072 ގޯއްޗެވެ.

އެއީ :

  1.  1250 އަކަފޫޓުގެ 2603 ގޯތި
  2. 1650 އަކަފޫޓުގެ 1214 ގޯތި
  3.  2050 އަކަފޫޓޫގެ 254 ގޯތި
  4. 2450 އަކަފޫޓުގެ 1 ގޯތި

އެކި ބިންހިއްކުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު އެބަ ކުރިއަށްދެއެވެ. އެގޮތުން، ރަސްމާލެ ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ހުޅުމާލެ 3 ވަނަ ފިޔަވަހި މިހާރު މި ވަނީ އެއްކޮށް ހިއްކާ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: