ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ދައުރު ދަންމާލަން ސަރުކާރުން ދަނީ ރާވަމުން، 2028 ގެ އިންތިހާބު ނޯންނާނެ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި ގާނޫނުއަސާސީ މުޅިން ފުނޑާލައި، ވެރިކަމުގެ ދައުރު 2030 އާ ހަމައަށް ދަންމާލުމަށް ސަރުކާރުން ރާވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބިލު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހުށަހަޅާފައިވާއިރު އިިދިކޮޅުން ތުހުމަތު ކުރާ ގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރު ދަންމާލުމަށެވެ. މި އިސްލާހުގެ މަސައްކަތް ކުރިޔަށް ގެންދަނީ އަވަސް އަރުވާލައިގެންކަމަށް ބުނެ، އެމްޑީޕީން ވަނީ ދައުރުން ބޭރުން ތާވަލު ކުރާ އެއްވެސް ޖަލްސާއަކަށް އެ ޕާޓީގެ މެމްބަރުން ހާޒިރު ނުވާނެކަމަށް ބުނެ ޖަލްސާތައް ބޮއިކޮޓުކޮށްފަ އެވެ. ނަމަވެސް ބިލު ހުށަހަޅުމަށް ބޭއްވި ޖަލްސާއާއި، އިބްތިދާއީ ބަހުސްގެ އެއް ޖަލްސާއަށް ފަހު އިތުރު އެހެން މަސައްކަތެއް ބިލާއި ގުޅުވައި ކުރިޔަށް ގެންގޮސްފައި ނުވެ އެވެ.

މި އިސްލާހާއި ގުޅޭގޮތުން އެމްޑީޕީގެ ހަރުގެ ޖަލްސާގައި މައުރޫފް ވިދާޅުވީ، ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުން 2028 ގައި ރިޔާސީ އިންތިހާބެއް ނެތި ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ރައްޔިތުން މިކަމަށް ރަނގަޅަށް ސަމާލުވެ، ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ދެކޮޅު ހަދަންޖެހޭކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން އެންމެ ފުރަތަމަ ކުރާނެކަމަކީ ދައުރު ފެށޭ ތާރީހު ނޮވެމްބަރު 17 އިން ނޮވެމްބަރު 11 އަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމެވެ. އަދި މި އިސްލާހާއެކު މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަސް ދުވަހަށް ކުރުކޮށްލުމަށް ހުށަހަޅާނެކަމަށް ވިދާޅުވި އެވެ. މިއީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ ކުރިންވެސް ރައްޔިތުން ތިބީ އިންޑިއާ ސިފައިންނާއި، ކަނޑުގެ މައްސަލައާއި، ފުށިދިއްގަރު ޓަނަލް ފަދަ ދޮގުތަކުގެ އަވައިގައި ޖެހިފައި. މިހާރު މިއުޅެނީ ހަރަދު ކުޑަކުރާށޭ ކިޔާފައި އިންތިޚާބުތައް އެއްކޮށްލައި، މުޅި ނިޒާމު އޮޅާލަން

ސަރުކާރުގެ ރޭވުމަކީ ޕީއެންސީގެ މެންބަރުން މެދުވެރިކޮށް، މަޖިލީހުގެ ދައުރު ކުރުކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށް، މަޖިލީހާއި ރިޔާސީ ދައުރު އިތުރު ދެ އަހަރަށް ދަންމާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުންކަމަށް މައުރުފް ވިދާޅުވި އެވެ. މި އިސްލާހު ރައީސް ތަސްދީގު ނުކުރެއްވުމުން، ދެން މި މައްސަލަ ދާނީ ރިފަރެންޑަމްއަށްކަމަށް މައުރޫފް ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ މި ހުރިހާ ކަމެއް މާޗު 20 ގެ ކުރިން ނިންމުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ މިއީ ބޮޑެތި ތުހުމަތުތަކެއް ނުވަތަ ވެދާނެހެން ހީވާގޮތުގެ ވާހަކަތައް ނަމަވެސް މިއީ ހުދުމުހުތާރު ވެރިކަންތަކުގައި ބާރުގައި ތިބުމަށް ނިންމާނެ ނިންމުންތައް ކަމަށެވެ. އަދި މި ރިފަރެންޑަމް ކާމިޔާބު ކުރުމަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށް، ރާއްޖޭގެ ބިންތަކާއި ފަޅުތައް ވިއްކާލުމަށްވެސް ސަރުކާރުން ފަސްނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: