ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ މަސައްކަތް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ބިންވެރިޔާ“ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މި ގުރުއަތުލުމަކީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތިތަކުގެ ސަރަޙައްދަށް އައި ބަދަލުތަކާއެކު އައު ލޮޓު ނަންބަރުތައް ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ފެށި މި ގުރުއަތުލުމުގެ މަސައްކަތް 14 ގަޑިއިރަށް ދެމިގެންދިޔައިރު، މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ ރޭ މެންދަމު 2:00 ހާއިރުއެވެ. މި ގުރުއަތުލުމުގައި ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވޭ ޕްލޮޓް ނަންބަރު އެ ވަގުތުން ވަގުތަށް އެސް.އެމް.އެސް މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.

ދޫކުރި ގޯތިތަކުގެ ތަފްސީލު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، މި ބުރުގައި އެކި ސައިޒުގެ ގިނަ އަދަދެއްގެ ގޯތިތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
• 1250 އަކަފޫޓުގެ 2605 ގޯތި
• 1650 އަކަފޫޓުގެ 1213 ގޯތި
• 2050 އަކަފޫޓުގެ 253 ގޯތި
• 2450 އަކަފޫޓުގެ 1 ގޯތި

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު މިހާރު އެކުލަވާލާފައިވާ ޕްލޭންގައި ޖުމްލަ 4072 ގޯތި ހިމެނެއެވެ. މީގެ ތެރޭގައި ކުރިން އުނިވި 610 ގޯތިވެސް ވަނީ ހިމަނާފައެވެ. ސަރުކާރުން މިހާރު ވަނީ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށް 113 ހެކްޓަރު އިތުރުކޮށް، ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ބުނީ ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: